ޖެޓެއްގައި ރާއްޖެއިން ދިޔަ މީހަކު މޮންޓެނީގްރޯ އިން ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 290 ދުވަސް ކުރިން - 13 ފެބްރުއަރީ 2025 14:30
ވޯން ޝުއިމިންގް ވަނީ 2.19 ބިލިއަން ޑޮލަރު ލޯންޑާ ކޮށްފައި.
ވޯން ޝުއިމިންގް ވަނީ 2.19 ބިލިއަން ޑޮލަރު ލޯންޑާ ކޮށްފައި.
ޚުލާސާ

2.19 ބިލިއަން ޑޮލަރު ލޯންޑާކުރި މައްސަލައިގައި ހައްޔަރުކުރި ވޯން ޝުއިމިންގް އާއި ދިވެއްސަކާއި ގުޅުން އޮތް ކަމެއް ކަށަވަރެއް ނުވޭ.

މަނީލޯންޑަރިންގގެ ތުހުމަތުގައި ރާއްޖެއިން ޕްރައިވެޓް ޖެޓެއްގައި ދިޔަ މީހަކު މޮންޓެނީގްރޯއިން ހައްޔަރުކޮށްފިއެވެ. ސިންގަޕޫރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ބިލިއަން ޑޮލަރުން މަނީލޯންޑަރިންގ ކުރި ކަމަށް ތުހުމަތު ކުރެވޭ އެ މީހާ ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ފުރައިގެން މޮންޓެނެގްރޯގެ ޓިވަޓް އެއަރޕޯޓަށް ދިޔުމުން އެތަނުގައި ތިބި ބޯޑަރ ފުލުހުންނެވެ.

ހައްޔަރުކުރެވުނު މީހާއަކީ ވޯން ޝުއިމިންގް ކަމަށް ބުނެވެއެވެ. ސިންގަޕޫރުގެ ނޫސްތަކުގައިވާ ގޮތުން، 2023 ވަނަ އަހަރު އެ ގައުމުގައި މަނީލޯންޑަރިންގގެ އެންމެ ބޮޑެތި އަމަލުތައް ހިންގި މީހުންގެ ތެރޭގައި ޝުއިމިންގް ހިމެނެއެވެ. އެ އަހަރު އޭނާ ލޯންޑަރ ކުރި ފައިސާގެ އަދަދު ގާތްގަނޑަކަށް 2.19 ބިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

ޝުއިމިންގްއަކީ ގިނަ ގައުމުތަކެއްގެ ޕާސްޕޯޓް ގެންގުޅޭ މީހެއް ކަމަށާއި، އޭނާ ހޯދުމަށް އިންޓަޕޯލްއިން ރެޑް ނޯޓިސްއެއް ވެސް ނެރެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ ކުރިން ސިންގަޕޫރުގެ ކޯޓަކުން 14 މަސް ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އިއްވާފައިވާ ކަމަށާއި، އޭނާގެ 240 މިލިއަން ޑޮލަރުގެ މުދާ ދައުލަތަށް ނަގާފައިވާ ކަމަށްވެސް ބުނެވެއެވެ.

މޮންޓެނެގްރޯއިން ޝުއިމިންގްގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގައި ދަޢުވާ ކުރާނެ ކަމަށް ސިންގަޕޫރުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް، ޝުއިމިންގް ދިވެހި ރައްޔިތަކާއި އެއްވެސް ގުޅުމެއް އޮތްކަން މި ވަގުތު ކަށަވަރުކުރެވިފައެއް ނުވެއެވެ.

މޮންޓެނެގްރޯއަކީ ސައުތު އީސްޓް ޔޫރަޕްގައި އޮންނަ ޤައުމެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%