މިއީ ރުފިޔާގެ ނިޝާން ތަޢާރަފުކުރި ފަހުން އެ ނިޝާނާއެކު ނެރޭ ފުރަތަމަ ދިވެހި ރުފިޔާގެ ނޫޓު. ސޮއި ކުރައްވާފައިވަނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމް.
672 ދުވަސް ކުރިން - 21:31
އެމްއެމްއޭ އިން ޑިސެންބަރު މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ރިޒާވްގެ ހިސާބުތަކަށް ބަލާއިރު، ރަސްމީ ރިޒާވްގެ ގޮތުގައި ހުރީ 673.2 މިލިއަން ޑޮލަރު.
673 ދުވަސް ކުރިން - 16:01
ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން، ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އަހަރަކު 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތައް ހޯމަ ދުވަހުގެ ކުރިން އެމްއެމްއޭ ގައި ރަޖިސްޓްރީވުމަށް އަންގައިފި.
676 ދުވަސް ކުރިން - 23:28
މި ޤާނޫނުގެ ދަށުން، ކަނޑައެޅިފައިވާ ވަކި ޙާލަތްތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި އެހެން އެއްވެސް ބޭރު ފައިސާއަކުން ކުރުމާއި، ހުށަހެޅުމާއި އަދާކުރުން މަނާވާނެ.
684 ދުވަސް ކުރިން - 12:27
އެމްއެމްއޭ އިން ގެޒެޓް ކޮށްފައިވާ އާރްއެފްޕީއާއި އެއްގޮތަށް، ރާއްޖޭގައި އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމަށް ދިރާސާއެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި.
696 ދުވަސް ކުރިން - 17:49
އެމްއެމްއޭގެ މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކޮށްދިނުން.
701 ދުވަސް ކުރިން - 12:46
މިއީ އެމްއެމްއޭ އިން މި ކަހަލަ ކޮންފަރެންސްއެއް ބާއްވާ ފުރަތަމަ ފަހަރު. މި ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ "އިގުތިސާދީ ދިރާސާތައް ފުޅާކުރުން: ދެމެހެއްޓެނެވި މުސްތަގުބަލަކަށް ސިޔާސަތާއި އީޖާދުކުރުން".
702 ދުވަސް ކުރިން - 13:13
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް. މި ބިލު ހުށަހަޅުއްވާފައިވަނީ ރިސޯޓުތަކުން މަހަކު 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމުގެ އިޚްތިޔާރު ދޭގޮތަށް.
707 ދުވަސް ކުރިން - 14:57
ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފައި.
707 ދުވަސް ކުރިން - 11:18
އެމްއެމްއޭގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ދެ ޑިރެކްޓަރުން މަޤާމުން ވަކިކޮށްފި. ވަކިކުރެވުނު ދެ ޑިރެކްޓަރުންނަކީ އައްސަދު އަލީ އާއި މުޙައްމަދު ޝަހުދީ އަންވަރު.
708 ދުވަސް ކުރިން - 09:07
ރާއްޖޭގެ މާލީ ސިޔާސަތު ރަނގަޅުވުމާއެކު އަދި ސަރުކާރުން އަޅަމުންދާ އިޞްލާޙީ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ކުރިއަރަމުންދާކަން ފާހަގަކޮށް މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަމަހައްޓައިފި.
713 ދުވަސް ކުރިން - 19:40
އައު "މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ޤަވާއިދު" ގެ ދަށުން ބޭރުފައިސާ މާރުކުރުމުގެ ލައިސަންސަށް އަލަށް ލައިސަންސަށް އެދޭ ފަރާތްތަކާއި ކުރިން ލައިސަންސް އޮތް ފަރާތްތަކާއެކު 98 ފަރާތަކުން ހުށަހަޅާފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފި.
714 ދުވަސް ކުރިން - 19:52