Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިއަދުން ފެށިގެން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމްވާނެ

މިއަދުން ފެށިގެން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ލާޒިމްވާނެ

އައިޝަތު ރުވާ ރިފްޢަތު
541 ދުވަސް ކުރިން - 1 ޖެނުއަރީ 2025 12:27
ޑޮލަރުތަކެއް ގުނަނީ.
ޑޮލަރުތަކެއް ގުނަނީ.
ޚުލާސާ

މި ޤާނޫނުގެ ދަށުން، ކަނޑައެޅިފައިވާ ވަކި ޙާލަތްތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި އެހެން އެއްވެސް ބޭރު ފައިސާއަކުން ކުރުމާއި، ހުށަހެޅުމާއި އަދާކުރުން މަނާވާނެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ އެކައުންޓުތަކަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށް އެކުލަވާލި ބޭރު ފައިސާއާ ބެހޭ ޤާނޫނަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

މި ޤާނޫނަކީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާއާބެހޭ މުއާމަލާތްތަކާގުޅޭ ހަމަތަކާ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެކެވެ. މި ޤާނޫނު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ޑިސެމްބަރު 14 ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވާފައެވެ.

މި ޤާނޫނުގެ ދަށުން، ކަނޑައެޅިފައިވާ ވަކި ޙާލަތްތަކެއްގައި މެނުވީ، ރާއްޖޭގައި ކުރެވޭ އެއްވެސް މަނިޓަރީ އިލްތިޒާމެއް ނުވަތަ މުއާމަލާތެއް، ދިވެހި ފައިސާ ފިޔަވައި އެހެން އެއްވެސް ބޭރު ފައިސާއަކުން ކުރުމާއި، ހުށަހެޅުމާއި އަދާކުރުން މަނާކުރެވިފައިވެއެވެ. އަދި ރާއްޖޭގައި ދިވެއްސަކު ގަންނަ މުދަލާއި ހޯދާ ޚިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް ލާޒިމު ނުކުރެވޭނެއެވެ.

Advertisement

Advertisement 1

އެގޮތުން، ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، މާރުކުރަންޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ފަރާތްތަކެވެ. މި ޤާނޫނުގެ ދަށުން، "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކަށް ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭނެއެވެ. ޑޮލަރު މާރުކުރުމުގައި ޤާނޫނުގައިވާ މި ދެ ގޮތުގެ ތެރެއިން ގޮތެއް އިޚްތިޔާރު ކުރުމުގައި ޢަމަލުކުރާނެ ގޮތްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާނެއެވެ.

އެގޮތުން މި ޤާނޫނު ހިންގައި ތަންފީޒުކުރުމުގެ މައި އިދާރާއަކީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ. މި ޤާނޫނުގެ މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމެވެ. މީގެ ސަބަބުން ރާއްޖޭގެ ފައިސާގެ އަގު ހިފެހެއްޓުމަށް އެހީތެރިވެ، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.

އެމްއެމްއޭޑޮލަރު
Ad
Ad

ގުޅޭ ޚަބަރުތައް

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަން ނިންމައިފި

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން 25 އިންސައްތަ އިތުރުކުރަނީ

1 ދުވަސް ކުރިން - 17:16

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

ރާއްޖޭގެ މާލީ ނިޒާމު ހަމައަކަށް އެޅިފައިވާ ކަމަށް އައި.އެމް.އެފް އިން ބުނެފި

9 ދުވަސް ކުރިން - 10:51

މެލޭޝިއާއިން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

މެލޭޝިއާއިން މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އެމްއެމްއޭއިން ހުޅުވާލައިފި

10 ދުވަސް ކުރިން - 14:59

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

10 ދުވަސް ކުރިން - 14:32

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

21 ދުވަސް ކުރިން - 04:34

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

25 ދުވަސް ކުރިން - 13:39

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%