ހއ. އިހަވަންދޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި 500 މެޓްރިކް ޓަނުގެ ކޯލްޑު ސްޓޯރޭޖަކާއި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ޤާއިމްކުރަން މިފްކޯއިން ނިންމައިފި.
528 ދުވަސް ކުރިން - 16:04
ވަޒީރު ވިދާޅުވީ މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެ ކަމަށް.
535 ދުވަސް ކުރިން - 19:13
މިފްކޯއިން ބުނީ މި މަހުގެ 6 ވަނަ ދުވަހު 43 ދޯންޏަކުން މަސް ކިރުވާފައިވާ ކަމަށާއި އެ ދޯނިތަކަށް ޖުމްލަ 3،665،327 ރުފިޔާ ދޫކޮށްފައިވާ ކަމަށް.
536 ދުވަސް ކުރިން - 21:51
ކުރީގެ އެމްޑީ ޑރ. ވިޓާލީ ލިއުބިމޮވް މަޤާމުން ވަކިކުރުމަށްފަހު މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯގެ މަޤާމަށް ކުރީގެ ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަޙީރު އައްޔަންކޮށްފި.
539 ދުވަސް ކުރިން - 21:35
ވިޓާލީ ލިއުބިމޮވް މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރެވިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ކުރިން އެ މަގާމުގައި ހުންނެވި ސަމާހު ރަޝީދު ވަކިކުރެވުމާއި ގުޅިގެން.
540 ދުވަސް ކުރިން - 10:02
އެކި ތަންތަނުން ޓޯކެން ދޫކުރަން ނިންމާފައި ވަނީ އެކި ވަރަށް، ރޭގަނޑު 9:30 އިން 11:30 އަށް، 13 ތަނަކުން.
544 ދުވަސް ކުރިން - 11:49
މިއީ ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭ ޕްލާންޓެއް. އަދި މި ޕުލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރޭ.
545 ދުވަސް ކުރިން - 15:27
މި ފައިސާ ދޫކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހު މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް ކަމަށް މިފްކޯއިން ހާމަކުރި.
545 ދުވަސް ކުރިން - 12:51
މި މަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް. މި މަޝްރޫޢުގެ ދަށުން ބަނޑިދޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރެވޭނެ.
548 ދުވަސް ކުރިން - 14:30
މީގެ ދެ ހަފްތާ ކުރިން ބަޔަކު ދިޔައީ ސަރުކާރުން ރޯދަ މަހާއި ދިމާކޮށް ބަހާ މަސްދަޅު ކޭސްތަކުގައި ހުންނާނީ 140 ގްރާމުގެ މަސްދަޅުތައް ކަމަށް ބުނަމުން.
550 ދުވަސް ކުރިން - 05:39
މޮބައިލް ފޯނު ބޭނުންކުރަން ދަތި މީހުންނަށް ވެސް މަސްދަޅު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ.
550 ދުވަސް ކުރިން - 10:14
މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މިރޭ މާލޭގައި ރޯދަ ހަދިޔާ ބެހުމުގެ ކަންކަމާއި ޢާންމުން އެކަމަށް އިޖާބަ ދެއްވި މިންވަރަށް ބަލައި، ރޯދަ ހަދިޔާ ބަހާނެ އިތުރު ތަނެއް ހަމަޖައްސައި، ހޮނިހިރު ދުވަހުގެ ކުރިން ޢާންމު ކުރައްވާނެ ކަމަށް.
552 ދުވަސް ކުރިން - 02:31