ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ހުޅުމާލެއަށް ގެއްލުންތަކެއް ލިބި، ފެރީ ޓާމިނަލް ސަރަހައްދުގެ ވޯކްވޭ ފުރާޅު ހަލާކުވެއްޖެ. އެޗްޑީސީން މިހާރު ދަނީ މަރާމާތުގެ މަސައްކަތް ކުރަމުން
687 ދުވަސް ކުރިން - 19:34
ހުޅުމާލޭގައި ގާއިމްކޮށްފައިވާ 1،374 ޕޮކެޓް ޕާކިން ޖާގައަށް ކުރިމަތިލުމުގެ މުއްދަތު އެޗްޑީސީން އިތުރުކޮށްފި. މިހާރު އެ ފުރުސަތު އޮކްޓޯބަރު 17 ގެ ނިޔަލަށް އޮންނާނެ
687 ދުވަސް ކުރިން - 19:27
ވޯލްޑް ބޭންކާއެކު ހުޅުމާލެ-މާލެ ބްރިޖް ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރުމަށް މަޝްވަރާކޮށްފި. މި ނިޒާމަކީ 5.5 މެގަވޮޓްގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 11 މިލިޔަން ޑޮލަރު ނުވަތަ 169 މިލިޔަން ރުފިޔާ ކަމަށް ވަޒީރު ޠާރިޤު ވިދާޅުވި.
705 ދުވަސް ކުރިން - 14:17
ސިނަމާލެ ބްރިޖާއި ހަލިމަގު ހުރަސްކޮށް ސައިކަލުގައި ސަރފްބޯޑެއް އުފުލި މީހަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފައި. މި މައްސަލަ ސަމާލުކަމަށް އައީ މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން.
711 ދުވަސް ކުރިން - 14:15
ފުލުހުން ބުނީ ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގައިި ހުރި އުޅަނދުތައް ނަގަން އެންގީ އެޗްޑީސީއިން އެ ސަރަޙައްދު ސާފުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ކަމަށް. މި އުޅަނދުތައް މިރޭ 11 ގެ ކުރިން ނަގަން ވަނީ އަންގާފައި.
731 ދުވަސް ކުރިން - 11:46