އިސްރާއީލުގެ ހައި ޕްރޮފައިލް ހިޓް ލިސްޓުގައި ހިމެނޭ ފަވާދު ޝުކާރަށްފަހު ހިޒްބުاللهގެ ރިޟްވާން ގްރޫޕްގެ ލީޑަރު އިބްރާހިމް އަގީލް އާއި މިސައިލްތަކާބެހޭ މުހިއްމު މައުލޫމާތު އެނގޭ އިބްރާހިމް މުހައްމަދު ޤުބައިސީގެ އިތުރުން، ޑުރޯން ޔުނިޓުގެ އިސް ވެރިޔާ މުހައްމަދު ސަރްވާރު އަދި ވިސާމް އަލް ތަވީލް އާއި މުޙައްމަދު ނަސްރު ހިމެނޭ.
710 ދުވަސް ކުރިން - 03:37
ހަސަން ނަސްރުالله އަވަހާރަ ކޮށްލުމަށް ހުކުރު ދުވަހު ވަރަށް ގިނަ ބޮން އެޅި. އޭނާ އަވަހާރަކޮށްލީ ބެއިރޫތުގައި ހުންނަ ހިޒްބުاللهގެ މައި މަރުކަޒުގައި ބައްދަލުވުމެއް ކުރިޔަށް ދަނިކޮށް ދިން ހަމަލާގައި. މި ހަމަލާގައި ހިޒްބުاللهގެ ދެކުނު ފަރާތުގެ ކޮމާންޑަރު އަލީ ކާރްކީ އާއި އިތުރު ބައެއް ކޮމާންޑަރުންގެ ވެސް ފުރާނަ ގެއްލުނު.
710 ދުވަސް ކުރިން - 03:27
އިސްރާއީލުން މިހާރު އަމާޒު ހިފާފައި ހުރީ ލުބުނާނުގެ ބިމުން ބައެއް ފޭރިގަތުމަށް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރޭ. ލުބުނާނުގައި އިސްރާއީލުން 2006ވަނަ އަހަރު 34 ދުވަހަށް ދިގުދެމިގެންދިޔަ ހަނގުރާމައިގައި ޝަހީދުކޮށްލި މީހުންނާއި އަޅާބަލާއިރު ހޯމަދުވަހު އެކަނި ޝަހީދުކޮށްލި ޢަދަދަކީ ގާތްގަނޑަކަށް 2006ގެ ދެބައިކުޅަ އެއްބައި. ނަމަވެސް މިއީ ހަނގުރާމައެއް ކަމަށް ބައިނަލް އަޤްވާމީ ޖަމާޢަތްތަކުން ނުދެކޭ
714 ދުވަސް ކުރިން - 10:42
ރިވޮލިއުޝަނަރީ ގާޑުން މިހާރު ދަނީ އެމީހުންނާއި ގުޅުންހުރި ފަރާތްތަކުގެ އަތުގައި ހުރި ސްމާޓް ފޯނުތަކާއި ޕޭޖަރާއި އެނޫންވެސް މުވާސަލާތީ ތަކެތި އިންސްޕެކްޓް ކުރަމުން. ޗެކުކޮށް ނިމެންދެން އެ ބާވަތުގެ ތަކެތި ބޭނުން ނުކުރުމަށް އީރާނުން އަންގާ
716 ދުވަސް ކުރިން - 14:15