މި މަގުޗާޓުގައި ހިމެނޭ މުހިންމު ބައިތަކުގެ ތެރޭގައި "ގިރުނބާ ޕޯޓަލް" ހިމެނޭ. މި ޕޯޓަލްގެ ޒަރިއްޔާއިން ރަށްރަށުގެ ފެނަކަ ޚިދުމަތްތަކުގެ ޑޭޓާ ވަގުތުން ބެލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި އަދި މުވައްޒަފުންގެ ކަންކަން ފަސޭހަކުރުމަށްޓަކައި އެޗްއާރް ސޮފްޓްވެއަރއެއްވެސް ތަޢާރަފްކުރުމަށް ރޭވިފައިވާކަމަށް ފެނަކައިން ބުނި.
713 ދުވަސް ކުރިން - 21:35
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ވަކިކުރެވުނު އިބްރާހިމް ނާއިފް، ވެމްކޯ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފި.
713 ދުވަސް ކުރިން - 13:57
އެސްޓީއޯގެ ދަށަށް ފެނަކަ ގެނައުމުގެ ޓްރާންސިޝަން މަރުހަލާ ނިމުމަކާ ކައިރިވަމުންދާއިރު، ފެނަކަގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރަކަށް އެސްޓީއޯގެ ސީއެފްއޯ މުހައްމަދު ނިޒާމް އައްޔަންކޮށްފި. ނިޒާމަކީ މާލީ ދާއިރާގައި ފުޅާ ތަޖުރިބާއެއް ލިބިފައިވާ ވެރިއެއް. އޭނާގެ ޤާބިލުކަމާއި ތަޖުރިބާ ބޭނުންކޮށްގެން ފެނަކައިގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުނީގެ ޚިދުމަތްތައް ފުޅާކޮށް، އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރެވޭ.
715 ދުވަސް ކުރިން - 20:17
ފެނަކަ ކޯފަރޭޝަންގެ ޗެއާމަން ކަމަށް ޝިމާދު އައްޔަންކުރެއްވީ އެމަޤާމުގައި ކުރިން ހުންނެވި އަހުމަދު ޝަހީރާއި އެ ކުންފުނީގެ ބޯޑުގެ އިތުރު ދެ މެންބަރަކު މަގާމުން ވަކިކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިކަން ފާހަގަ ކުރެވޭ
715 ދުވަސް ކުރިން - 12:52