
މިހާތަނަށް ކޮންގޯއިން 1,400 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، 438 މީހުން ވަނީ މަރުވެފަ. ޖުލައި 1 އާ ހަމައަށް ކޮންގޯއިން 1,460 މީހުންނަށް ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު، ޔުގެންޑާ އިން 20 ކޭސް އަދި ފްރާންސުން އެއް ކޭސް ވަނީ ފެނިފަ.
10 ދުވަސް ކުރިން - 21:44

ވެކްސިންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދަނީ އޮކްސްފޯޑް ޔުނިވަރސިޓީ، މޮޑާނާ ކުންފުނި އަދި އިންޓަރނޭޝަނަލް އެއިޑްސް ވެކްސިން އިނިޝިއޭޓިވް އިން. އިބޯލާގެ ތަފާތު ހަ ބާވަތެއް ހުންނައިރު، މިހާރު ފެތުރެމުންދާ ބަންޑިބުގްޔޯ ބާވަތަށް އަދި ރަސްމީކޮށް ހުއްދަދީފައިވާ ވެކްސިނެއް ނެތް.
43 ދުވަސް ކުރިން - 23:07

މިއީ މި ބައްޔަށް ޚާއްސަ ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ ދަނޑިވަޅެއްގައި ލިބުނު ބޮޑު ކުރިއެރުމެއް. މިއީ ކޮންގޯގައި އެބޯލާ ފެތުރޭ 17 ވަނަ ފަހަރު. މި ބަލި ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު އޮވޭ.
44 ދުވަސް ކުރިން - 20:36

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޮންގޯގައި މިހާތަނަށް 1,000 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭއިރު، މަދުވެގެން 246 މީހުން ވަނީ މަރުވެފަ. ބަލި ކޮންޓްރޯލް ކުރުމަށް ހުރި ހުރަސްތަކުގެ ތެރޭގައި އެ ސަރަހައްދުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކާއި ބޯޑަރުތަކާއި އެއާޕޯޓްތައް ބަންދުކުރުމުގެ ފަދަ ކަންކަން ހިމެނޭ.
44 ދުވަސް ކުރިން - 05:33