ގައްދޫއަކީ މާލެއިން ބޭރުން އައިޑީކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް ދޭ 15 ވަނަ ރަށް.
522 ދުވަސް ކުރިން - 09:48
މިއީ މާލެއިން ބޭރުން އަތޮޅުތަކުގައި އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ޚިދުމަތްދޭ 14 ވަނަ ސަރަހައްދު. ރައްޖޭގެ ހުރިހާ ހިސާބެއްގައި މި ޚިދުމަތް ދިނުމަކީ ސަރުކާރުގެ ސިޔާސަތު.
528 ދުވަސް ކުރިން - 15:44
ޑީއެންއާރުން ބުނީ ރަމަޟާން މަހުގެ ރަސްމީ ދުވަސްތަކުގައި ކިއުބީ އިން ނަންބަރު ނެގުމުން އައިޑީ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:15 އިން 11:30 އަށް.
562 ދުވަސް ކުރިން - 02:09
އަލިފުށީ ކައުންސިލުން ބުނީ، މިއީ މީގެ ތިންމަސް ކުރިންވެސް ދެމުން އައި ޚިދުމަތެއް ކަމަށާއި ނަމަވެސް އޮންލައިންކޮށް އައިޑީ ކާޑަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލުމާއި ގުޅިގެން މި ޚިދުމަތް ވަނީ މެދުކެނޑިފައި ކަމަށް.
630 ދުވަސް ކުރިން - 19:49
ވިލިމާލެ އީ-ބްލޮކް އާއި ހުޅުމާލެ ފޭސް އެކެއްގައި ހުންނަ އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ވިނަރެސް ޓަވަރު 2 ގެ ފުރަތަމަ ފަންގިފިލާއިން އައިޑީކާޑުގެ ޚިދުމަތް ލިބޭނެ.
654 ދުވަސް ކުރިން - 11:16
ޑީއެންއާރުން ބުނީ އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ދ. ކުޑަހުވަދޫގައި މާދަމާ ފަށާނެ ކަމަށާއި މި ޚިދުމަތް ދޭން ފަށަނީ ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ކަމަށް.
674 ދުވަސް ކުރިން - 13:36
މި ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފާހަގަކުރި. މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ފަސޭހަކަމާއެކު ސަރުކާރުގެ ޚިދުމަތްތައް ލިބި، ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެކަމަށް އެ ވުޒާރާއިން ބުނެފައިވޭ.
720 ދުވަސް ކުރިން - 18:05