ރޯދަމަހު އައިޑީ ކާޑު ދޫކުރާނެ ގަޑި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހާމަކޮށްފިއެވެ.
ޑީއެންއާރުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރަމަޟާން މަހުގެ ރަސްމީ ދުވަސްތަކުގައި ކިއުބީ އިން ނަންބަރު ނެގުމުން އައިޑީ ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:15 އިން 11:30 އަށް ކަމަށެވެ.
ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވީ ނަމަވެސް، ރަމަޟާން މަހުގެ ފަހު ދިހައިގެ 23، 25 އަދި 27 މާރިޗުގައި ހެނދުނު 9:15 އިން 11:30 އަށް އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް ދޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ.
ޑީއެންއާރުން ބުނީ ރަމަޟާން މަހު ރަސްމީ ދުވަސްތަކުގައި އަދި ރަމަޟާން މަހުގެ ރަސްމީ ބަންދު ދުވަސްތަކުގައި ވެސް އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތަށް ދޫކުރާނީ ދުވާލަކަށް 150 ނަންބަރު ކަމަށެވެ.
މީގެ އިތުރުން ކާޑު ހަވާލުކުރުމުގައި ކާޑުގެ ވެރިފަރާތުން އެހެން ފަރާތަކާއި ހަވާލުކޮށްދިނުމަށް އެދި ފޮނުވާ ސިޓީއަކާއެކު ފޮނުވުމުން ކާޑު ހަވާލުކުރެވޭނެ ކަމަށާއި، ކަނޑައެޅިފައިވާ ގަޑިތަކުގެ އިތުރުން އިމަރޖެންސީ ހާލަތްތަކުގައި ޑީއެންއާރުގެ ނަންބަރު 7280368 އަށް ގުޅުމުންވެސް އެ ޚިދުމަތް ދެވޭނެ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.









