ގަމުގައި ޑްރޯން ބޭސްއެއް ގާއިމުކުރަން ސަރުކާރުން ނިންމި ނިންމުމާމެދު މޭޔަރު ނިޒާރު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ އައްޑޫގެ ތަރައްޤީއަށް ހުރަސްއެޅިދާނެ ކަމެއްކަމަށާއި، މިކަން ނިންމާފައިވަނީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމެއްނެތި ކަމަށް ވިދާޅުވެއްޖެ
697 ދުވަސް ކުރިން - 06:24
ފެނަކައިން ބުނެފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ފެން އުފައްދާ އާރްއޯ ޕްލާންޓުގެ ބޯރްހޯލް ޕަންޕަށް މައްސަލައެއް ދިމާވެގެން ފެން ޕްލާންޓް ހުއްޓިފައިވަނީ މިއަދު ހެނދުނު ކަމަށާއި، މިހާރު އެ މައްސަލަ ޙައްލުކޮށް، ފެން ޕްލާންޓް އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް.
709 ދުވަސް ކުރިން - 14:05
އައްޑޫ ސިޓީ މަރަދޫއިން ގެއްލިގެން ހޯދަމުންދިޔަ އަޙްމަދު ހާރޫން ނަމަކަށް ކިޔާ މީހަކު އެމީހާގެ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން ފެނިއްޖެ. އޭނާގެ ސިއްޙީ ހާލަތު ބެލުމަށް މަރަދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވޭ.
718 ދުވަސް ކުރިން - 20:17
ޝަހީމް ވިދާޅުވީ، ވަޤުފް މަޝްރޫއުއަށް ޕްރޮޕޯސަލް ހުށައެޅި ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައެޅީ އައްޑޫ ސިޓީ ކައުންސިލުންކަމަށާއި އެ ޕްރޮޕޯސަލްއާއެކު ކުރިއަށް ދިއުމަށް ނިންމާ އެ ޕްރޮޖެކްޓުގެ ފީޒިބިލިޓީ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށް.
720 ދުވަސް ކުރިން - 15:37
އައްޑޫ ސިޓީގައި ބައިނަލްއަގްވާމީ ސީފުޑް ހަބެއް ޤާއިމްކުރުމަށް އެމްޕީއެލް އިން ރާވައިފައިވާއިރު މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރިސޯޓުތަކަށް ބޭނުންވާ ސީފުޑް ސަޕްލައި ކުރުމަށް ބޭރު ޤައުމުތަކުން އިމްޕޯޓްކުރާ މިންވަރު މަދުކުރެވޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ވަނީ ވިދާޅުވެފައި.
722 ދުވަސް ކުރިން - 13:47
އިންވެސްޓަރުންނަށް މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަނީ ޖޮއިންޓް ވެންޗަރ، ކޮންޓްރެކްޓަރ ފައިނޭންސް އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން. މި މަޝްރޫޢަކީ ރާއްޖެއަށް އެތެރެކުރެވޭ ފޭރާމުގެ މިންވަރު މަދުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއް.
722 ދުވަސް ކުރިން - 09:34