
ޕީއެންސީގެ ކެނޑިޑޭޓް ސޮޑާއަށް ވޯޓްދެއްވި އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ނުހަނު އިހުލާސްތެރިކަމާއެކު އަބްދުއްރަހީމް ވަނީ ޝުކުރު ދަންނަވާފަ. މިއަދުގެ ނަތީޖާއިން ހިތްވަރު ލިބިގެން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު ތިއްބެވީ ވަރަށް ވަރުގަދަ އަމާޒެއްގައި ކަމަށްވެސް އޭނާ ވިދާޅުވި.
84 ދުވަސް ކުރިން - 23:26
ހިތަދޫ ފޮށިތަކުން ޕީއެންސީ ކެންޑިޑޭޓް ސޮޑާއަށް 958 ވޯޓު ލިބިފައިވާއިރު، ސޯބެއަށް ލިބިވަޑައިގަތީ 924 ވޯޓު. މާލޭ ފޮށީގެ ނަތީޖާ ދައްކާގޮތުން ސޯބެއަށް 451 ވޯޓު ލިބިވަޑައިގަތްއިރު، ސޮޑާއަށް ލިބިވަޑައިގަތީ 355 ވޯޓު. ސޯބެ އިންތިހާބު ކާމިޔާބުކުރީ 62 ވޯޓު ކުރީގައި އޮވެގެން.
84 ދުވަސް ކުރިން - 19:55
08:00 ގައި ފެށި މި ވޯޓުލުން މިއަދު ހަވީރު 16:00 އާ ހަމައަށް ކުރިއަށްދާނެ. ވޯޓު ލުމުގެ ހައްގު 4،121 މީހުންނަށް ލިބިގެންވޭ. ވޯޓުލުމަށްޓަކައި ދަރުމަވަންތަ ސްކޫލުގައި ދެ ފޮށްޓެއް އަދި ހިތަދޫގައި ފަސް ފޮށްޓެއް ބަހައްޓާފައިވޭ. އިންތިހާބުގައި ވާދަކުރަނީ ސޮޑާ އަދި ސޯބެ.
84 ދުވަސް ކުރިން - 10:25
މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށްކަމަށާއި މި އިންތިހާބާ ގުޅޭ ކެމްޕެއިން ކުރުމުގެ ހަރަކާތްތައް މިއަދު އިރުއޮއްސި 6:00 އިން ފެށިގެން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް މަނާވާނެކަމަށް އީސީން ބުނެފައިވޭ.
85 ދުވަސް ކުރިން - 12:12
މި އިންތިހާބުގައި އައްޑޫ ސިޓީގައި 5 ވޯޓު ފޮށި ބަހައްޓާއިރު މާލޭގައި 2 ވޯޓު ފޮށި ބަހައްޓާނެ. ވޯޓުލުން ކުރިއަށްދާނީ އަންނަ ޖޫން މަހު 6 ގައި.
96 ދުވަސް ކުރިން - 14:14