ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް މާލޭގައި އެއްގަމު އުޅަނދުތަށް ދުއްވުން މަނާ ކުރަން ނިންމައިފި އެވެ.
މިއަދު ޕޮލިހުން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ގުޅިގެން 2025 ޖުލައި 25، 26 އަދި 27 ގައި ގިނަ ހަރަކާތްތަކެއް ގްރޭޓަރ މާލެ ސަރަހައްދުގައިބޭއްވުމަށް ސަރުކާރުން ނިންމައިފައިވާކަމަށެވެ.
އަދި މި ހަރަކާތްތައް ކުލަގަދަގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި މަގުމަތީގެ ތޮއްޖެހުން ކުޑަކުރުމަށާއި އަދި ސެކިއުރިޓީ މަސައްކަތަށް ފަސޭހަކުރުމަށް ވަކި ވަގުތުތަކެއްގައި އުޅަންދުތަށް ދުއްވުން މަނާވާނެކަމަށްވެސް އެ އިއުލާނުގައިވެ އެވެ.
އެ އެންގުމާ ހިލާފު ވާ ފަރާތްތަކަށް ގާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެކަމަށްވެސް ފުލުހުން ބުންޏެވެ.
ވެލާނާ އާ ޓާމިނަލް ހުޅުވުމާއި ގުޅިގެން އެއާޕޯޓަށް ކާރު ވަދުން ވެސް ވަގުތީގޮތުން މަނާ ކުރަން ނިންމައިފި އެވެ.









