Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯއިން ދިވެހި ފުލުހުންނަށް ސެޝަންތަކެއް ނަގައިދީފި

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯއިން ދިވެހި ފުލުހުންނަށް ސެޝަންތަކެއް ނަގައިދީފި

އަހްމަދު އީޒާން
321 ދުވަސް ކުރިން - 24 ޖުލައި 2025 17:23
ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ ބޭފުޅަކު ދިވެހި ފުލުހުންނަށް ސެޝަންއެއް ނަގައިދެނީ / ފޮޓޯ: ޕޮލިސް
ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ ބޭފުޅަކު ދިވެހި ފުލުހުންނަށް ސެޝަންއެއް ނަގައިދެނީ / ފޮޓޯ: ޕޮލިސް
ޚުލާސާ

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ ސީނިއާ އޮފިސަރުންގެ ޓީމަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އޮޕަރޭޝަންސް އަދި އިންވެސްޓިގޭޝަން ދާއިރާގެ ތަޖުރިބާހުރި ޓީމެއް.

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ ސީނިއާ އޮފިސަރުންގެ ޓީމަކުން ދިވެހި ފުލުހުންނަށް ސެޝަންތަކެއް ނަގައިދީފި އެވެ.

ފުލުހުން މިއަދު ބުނީ އެ ޓީމަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ އޮޕަރޭޝަންސް އަދި އިންވެސްޓިގޭޝަން ދާއިރާގެ ތަޖުރިބާހުރި ޓީމެއް ކަމަށެވެ.

މި މަހު 21 އިން 24 އަށް ކުރިއަށް ގެންދިޔަ އެ ސެޝަންތަކުގައި، ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކުގެ ފައިސާއާ ގުޅުންހުރި މައްސަތައް ތަހުގީގުކުރާނެ ގޮތުގެ މުހިންމު މައުލޫމާތުތަކެއް ވެސް ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement 1

އެ ސެޝަންތަކުގެ ތެރެއިން ކޮންޓްރޯލް ޑެލިވަރީ ސެޝަންގައި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ އޮޕަރޭޝަންސްގެ މުވައްޒަފުންގެ އިތުރުން ގޭންގު ކްރައިމް އެންފޯސްމަންޓުގެ މުވައްޒަފުންނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްގެ މުވައްޒަފުން ބައިވެރިވި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ސެޝަންގައި, ޑްރަގް އެންފޯސްމަންޓުގެ އިންވެސްޓިގޭޝަން މުވައްޒަފުންނާއި އެނަލިސްޓުންގެ އިތުރުން އިކޮނޮމިކް ކްރައިމްސް އާއި ގޭންގް ކްރައިމް އެންފޯސްމަންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްގެ އިންވެސްޓިގޭޝަން އޮފިސަރުންނާއި އެނަލިސްޓުން ބައިވެރިވި ކަމަށެވެ.

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯގެ ސީނިއާ އޮފިސަރުންގެ ޓީމުން، ފުލުހުންގެ ކަމާ ގުޅުންހުރި ބަހާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝަހީދު އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑް ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި ޑްރަގް އެންފޯސްމަންޓުގެ ސީނިއާ މެނޭޖްމަންޓް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސްގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފުުލުހުން ބުނީ އެ ބައްދަލުވުމުގައި، މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގައި ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް އަދި ސެންޓްރަލް ނާކޮޓިކްސް ބިއުރޯ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތުގައި ދެ ފަރާތުން ފޯރުކޮށްދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކުގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަންއާ ގުޅޭ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމަސްތުވާތަކެތިސިންގަޕޫރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

5 މިނެޓު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

2 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

10 ދުވަސް ކުރިން - 00:06