Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި އަނބިދަރިންގެ ހަރަދަށް ކޯޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

އަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި އަނބިދަރިންގެ ހަރަދަށް ކޯޓުން 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ!

އައިޝަތު ޝިފްނާ ހުސައިން
412 ދުވަސް ކުރިން - 24 ޖުލައި 2025 11:07
ފެމިލީ ކޯޓު. އަހަރުގެ މިހާތަނަށް 25 މިލިއަން ރުފިޔާ ރައްދުކޮށްދެވުނު
ފެމިލީ ކޯޓު. އަހަރުގެ މިހާތަނަށް 25 މިލިއަން ރުފިޔާ ރައްދުކޮށްދެވުނު
ޚުލާސާ

ފެމެލީ ކޯޓުން ވަނީ ހަމަސްތެރޭގައި 25 މިލިއަން ރުފިޔާ ރައްދުކޮށްދީފި.

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އިއްދައިގެ ހަރަދާއި އަނބިދަރިންގެ ހަރަދަށް 44 މިލިއަން ރުފިޔާ ސާބިތުކޮށްދީފައިވާ ކަމަށް ފެމިލީކޯޓުން ހާމަކޮށްފި އެވެ.

ފެމެލީ ކޯޓުން އިއްޔެ ހާމަ ކުރި މި އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، ކޯޓުގެ ގަޒިއްޔާތަކާއި ގުޅިގެން 24 މިލިއަން ރުފިޔާ ބަލައިގަނެ، މިދިޔަ އަހަރު ބަލައިގެން ފައިސާ ހިމެނޭގޮތަށް 25 މިލިއަން ރުފިޔާ ރައްދުކޮށްދެވުނު ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މި މުއްދަތު ތެރޭގައި 1،226 ކައިވެނި ކޮށްދެވިފައިވާއިރު، 588 ވަރިވެސް ކޮށްދެވިފައިވާކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އޭގެ އިތުރުން 19 ދިވެހި ބިދޭސީ ކައިވެނި ވެސް ކޮށްދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ކޮށްފައިވާ 113 ކައިވެނި ވެސް ވަނީ ރަޖިސްޓްރީ ކޮއްދީފަ އެވެ.

Advertisement

Advertisement 1

އަދި ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި 1،580 މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި 815 ފިރިހެނުން އަދި 765 އަންހެނުން ހިމެނެ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި ފެމިލީ ކޯޓަށް 1،024 މައްސަލަ ހުށަހެޅިފައިވެ އެވެ. އޭގެ ތެރެއިން 1،009 މައްސަލަ ނިންމައިފައިވާއިރު އާއިލީ މައްސަލަތަށް ހައްލުކުރުމާއި ބެހޭ ބަޔަށް 80 މައްސަލަ ހުށަހެޅުނެވެ. އަދި 69 މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދެވުނުކަމަށްވެސް އެ ތަފާސްހިސާބުތަކުން ހާމަވެ އެވެ.

އަދި ގެވެށި އަނިޔާއިން ރައްކާތެރި ކުރުމާއި ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ އަމުރުތަށް ހިމެނޭގޮތުން ޖުމްލަ 55 އަމުރު ނެރެވުނުކަމަށް ފެމިލީ ކޯޓުން ވަނީ ހާމަކޮށްފަ އެވެ. ކޯޓަށް ހާޒިރުވުމަށް އަންގާ 5،767 އަމުރު ފޮނުވިފައިވާނެކަމަށްވެސް ވަނީ ހާމަކޮށްފަ އެވެ.

ފެމިލީ ކޯޓުން މިދިޔަ ހަފްތާގައި ދަރިންގެ ހަރަދަށް ފައިސާ ނުދައްކާ މީހުންނާއި މެދު އަޅާ ފިޔަވަޅެެއްގެ ގޮތުގައި، އެ މީހުންގެ ފޮޓޯ ހާމަކުރަންވެސް ވަނީ ފަށައިފަ އެވެ.

މިދިޔަ އަހަރުވެސް ފެމެލީ ކޯޓުން ވަނީ 97 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ސާބިތުކޮށްދީފައި އެވެ.

ފެމިލީ ކޯޓު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު އިބްރާހިމް މާހިރު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

3 ދުވަސް ކުރިން - 16:18

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

81 ދުވަސް ކުރިން - 15:58

ހައިކޯޓަށް އިސް ފަނޑިޔާރެއް، ފެމިލީ ކޯޓަށް އިސް ގާޒީއެއް ހޯދަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

167 ދުވަސް ކުރިން - 20:04

ކޯޓުތަކުގެ ބެކްލޮގު ނައްތާލުމަށް ހާއްސަ ޓާސްކުފޯހެއް އުފައްދަނީ

ކޯޓުތަކުގެ ބެކްލޮގު ނައްތާލުމަށް ޓާސްކުފޯހެއް އުފައްދަނީ

212 ދުވަސް ކުރިން - 10:58

އަންނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފި

ފެމިލީ ކޯޓުން ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފި

267 ދުވަސް ކުރިން - 22:20

ރައީސްގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ކުށުގައި ފައްޔާޒުއަށް ހުކުމްކޮށްފި

ރައީސް ދަރިކަލުންގެ މައްސަލާގައި ފައްޔާޒުއަށް ހުކުމްކޮށްފި

297 ދުވަސް ކުރިން - 21:16