Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސްގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ކުށުގައި ފައްޔާޒުއަށް ހުކުމްކޮށްފި

ރައީސްގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ކުށުގައި ފައްޔާޒުއަށް ހުކުމްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
251 ދުވަސް ކުރިން - 16 ނޮވެންބަރު 2025 21:16
އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި މެޑަމް ސާޖިދާ.
އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި މެޑަމް ސާޖިދާ.
ޚުލާސާ

މަންދީ އާއި ފައްޔާޒްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އުމައިރަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެ ބަދަލު ހޯދުމަށް މަސައްކަތް ނުކުރައްވާ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒާއި ގުޅުވައި ދޮގު ވާހަކަތައް ދައްކައި، އޭނާގެ ކަރާމާތާއި ރައްކާތެރިކަން ނަގާލި މައްސަލައިގައި، އެ ވާހަކަތަކުގެ ފުރިހަމަ ޒިންމާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ނަންގަވަން ޖެހޭނެ ކަމަށް ފެމިލީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދުގެ ފަރާތުންނެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައި އެމްޑީޕީން މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކެއްގެ ތެރޭގައި އެ ޕާޓީގެ އެކްޓިވިސްޓުން ކަމަށްވާ މަރިޔަމް ޒުބައިރު (މަންދި) އާއި އަހްމަދު ސަލީމް (މާޒް ސަލީމް) އުމައިރަށް ނިސްބަތްކޮށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކުމާ ގުޅިގެންނެވެ. ޒުވާނުން "ބިޑި އޮޅަން" ޖެއްސީ ރައީސްގެ ދަރިކަލުން ވޭޕް ބޯން ފެށުމުން ކަމަށް ބުނެ މަންދީ ވަނީ ރައީސްގެ ދަރިކަރުން ކަރާމާތް ނަގާލާ ވާހަކަތައް ދައްކާފަ އެވެ.

ފެމިލީ ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ މި ވާހަކަތަކުގެ ސަބަބުން އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވެދާނެ ހާލަތަކަށް މަގުފަހިވެ، އޭނާގެ ކިޔެވުމާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށެވެ. މީގެ ކުރިން މި މައްސަލަ ސިވިލް ކޯޓުން ބެލިއިރު، ސިވިލް ކޯޓުން ވެސް ވަނީ މަންދީގެ ވާހަކަތަކުގެ ސަބަބުން ރައީސްގެ ދަރިކަލުންގެ އަބުރަށް ހުތުރު އަރާފައިވާ ކަމަށް ކަނޑައަޅާފަ އެވެ.

Advertisement

Advertisement 1

މިއަދު އޮތް އަޑުއެހުމުގައި ފެމިލީ ކޯޓުގައި ވަކިވަކިން ހުށަހަޅާފައި އޮތް ދެ މައްސަލަ އަށް ވެސް ހުކުމް ކޮށްފައި ވެއެވެ. އުމައިރުގެ އާއިލާގެ ފަރާތުން މި މައްސަލައިގައި ވަކާލާތު ކުރާ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރްގެ ރެހެންދި ޗެމްބާސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަންދީ އާއި ސަލީމް ދެއްކި ވާހަކަތައް އުމައިރަށް ނިސްބަތްވާކަން ސާބިތުވާ ކަމަށާއި، އެ ވާހަކަތަކުން އުމައިރުގެ ރައްކާތެރިކަމާއި ކަރާމާތަށް ގެއްލުންދީފައިވާ ކަމަށެވެ.

އަދި މަންދީ އާއި ސަލީމް ދެއްކި ވާހަކަތަކަށް އެމްޑީޕީ އަދި ޗެއާޕާސަން ފައްޔާޒް އިސްމާއީލް ޒިންމާވާން ޖެހޭނެ ކަމަށާއި، އެ ދެ މީހުންގެ ވާހަކަތައް ހުއްޓުވުމުގެ ބަދަލުގައި ފައްޔާޒް އެކަންކަމަށް ހިތްވަރުދީފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. މި ހުކުމުގެ ދަށުން މަންދީ އާއި ފައްޔާޒްގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އުމައިރަށް ލިބިގެންވާ ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، ރައީސް އާއި ފަސްޓް ލޭޑީ ބަދަލު ހޯދުމަށް މަސައްކަތްޕުޅު ނުކުރައްވާނެ ކަމަށް ވެސް ވަނީ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ސިވިލް ކޯޓުން ކުރި ހުކުމުގައި ވެސް ބަދަލު ހޯދުމަށް މަސައްކަތް ކުރައްވާފައި ނުވާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައިވެ އެވެ.

"އެހެނީ މިއީ އެއްވެސް ހާލެއްގައި ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެއްވި ދައުވާއެއް ކަމުގައި ނުވެފައި، އެއާ ހިލާފަށް ދަރިކަލުންގެ ރައްކާތެރިކަން ގެއްލިގެންދާ ހިސާބަށް ދިއުމުން ކުރެއްވި ދައުވާއެއް ކަމުގައިވާ ކަމެވެ. އަދި ސިޔާސީ ހަނގާކުރުމާއި ހަމަލާތަކުން ކުޑަކުދިން ރައްކާތެރިކުރެއްވުމަށް ކުރެއްވި ދައުވާއެއް ކަމުގައި ދަންނަވެމެވެ،" ރެހެންދި ޗެމްބާސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުޑަކުދިންގެ ކަރާމާތަށް ގެއްލުން ލިބޭ މައްސަލަތަކުގައި ޖޫރިމަނާ ކުރުމާއި ފިޔަވަޅު އެޅުމުގެ ބާރު ކަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވާ ކަމުގައި ހުކުމްގައިވާ ކަމަށް އެ ބަޔާނުގައި ލިޔެފައިވެ ވެއެވެ.

ފައްޔާޒް އިސްމާއިލްފެމިލީ ކޯޓުމެޑަމް ސާޖިދާ މުހައްމަދު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފައްޔާޒް އިސްމާއީލާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

ފައްޔާޒާ ގުޅޭ ކޮރަޕްޝަނާއި، މަސްލަހަތު ފުށުއެރުމާއި، އިތުރު މައްސަލަތަކުގެ ފުރިހަމަ ދިރާސާއެއް

8 ދުވަސް ކުރިން - 05:40

އަމިއްލަ ފަރާތަކަށް އެމްޑީޕީގެ ވެރިކަމުގައި “ޤައުމީ ދަރަޖަ” ދީގެން އުޅޭ މައްސަލަ އެއް

އަމިއްލަ ފަރާތަކަށް އެމްޑީޕީގެ ވެރިކަމުގައި “ޤައުމީ ދަރަޖަ” ދީގެން އުޅޭ މައްސަލައެއް

24 ދުވަސް ކުރިން - 18:26

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

35 ދުވަސް ކުރިން - 00:19

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް ރަސްމީކޮށް ފަށައިފި

36 ދުވަސް ކުރިން - 15:58

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

41 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

78 ދުވަސް ކުރިން - 16:12