މިނިވަން ދުވަހުގެ ހަރަކާތަށް މާލޭގެ ޓްރެފިކް ފްލޯ އަށް ބަދަލެއް!

އައިޝަތު ޝިފްނާ ހުސައިން | 9 ގަޑިއިރު ކުރިން - 23 ޖުލައި 2025 21:42
މާލޭގެ ޓްރެފިކް.---ފޮޓޯ:ފްލިކާ ގޫގްލް
މާލޭގެ ޓްރެފިކް.---ފޮޓޯ:ފްލިކާ ގޫގްލް
ޚުލާސާ

މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލެއް ގެންނަން ޕޮލިހުން ނިންމައިފި

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކަށް މާލޭގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެންނަން ޕޮލިހުން މިއަދު ނިންމައިފިއެވެ.

ޕޮލިހުން މިއަދު ކުރި އިއުލާނެއްގައި މިނިވަން ދުވަހުގެ ހަރަކާތްތަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުގައި ޕާކު ކޮށްފައިވާ އުޅަނދުތަށް 2025 ޖުލައި 24 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނަގަން އިލްތިމާސްކޮށްފައިވެއެވެ.

އަދި އޭގެ ފަހުން އެ ސަރަހައްދުތަކުގައި ހުންނަ އުޅަނދުތައް ރީ ލޮކޭޓް ކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާނެކަމަށް ވެސް ފުލުހުން ގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

މި ކަންކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭކަމަށްވެސް އެ އިއުލާނުގައިވެއެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލެއްވުމަށް ޝުކުރުދަންނަވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ވެލާނާ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ވެސް ވަގުތީ ބަދަލުތަކެއް ގެނައުމަށް އެމްއޭސީއެލްއިން ވަނީ ނިންމައިިފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%