އެމްޑީޕީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ފުނޑާލައިފައިކަމަށް ތިނަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ސައުދުﷲ ވިދާޅުވެއްޖެއެވެ.
ސައުދުﷲ މިހެން ވިދާޅުވީ މިހެން ވިދާޅުވީ މާލޭ ސަރަހައްދާއި އަތޮޅު ތެރޭގެ ރަށްތަކުގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އެއް އަގެއްގައި ފެނާއި ކަރަންޓުގެ ހިދުމަތް ދިނުމާ މެދު މަޖިލީހުގެ މެންބަރުންގެ ހިޔާލު ހޯއްދެވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ތިނަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ސައުދުﷲ ހިލްމީ މިއަދު ގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިއަދު ހުށައެޅިފައިވާ މާލެ ފިޔަވާ ގަރާރަށް ތާއީދު ކުރާކަމަށެވެ. ސަބަބަކީ ކޮންމެ ބަޔަކު ކޮންމެ ތަނެއްގައި ވިޔަފާރި ކުރިކަމުގައިވިޔަސް ހަމަހަމަ ފުރުސަތެއް ދައުލަތުން ފަހި ކޮށްދޭން ޖެހޭނެކަމަށްވެސް ގަބޫލު ކުރާތީކަމަށް ވެސް ސައުދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން މެމްބަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް މިކަން ފާހަގަކުރެވިއްޖެ ނަމަ ހައްލުހޯދައްވައިދޭނެކަމަށެވެ.
މެމްބަރު ވިދާޅުވީ މި މައްސަލަ ކުރިމަތިވީ މި ސަރުކާރުގައެއްނޫންކަމަށެވެ. އަދި މިކަމުގެ ސަބަބަކީ ކޮންމެ ތަނެއްގައި ވިޔަފާރިކުރިޔަސް ދައްކަންޖެހޭ ޓެކްސްއަށް ބަދަލުނާންނާތީކަމަށް ވެސް ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން މެމްބަރުގެ ވާހަކައިގައި ވިދާޅުވީ މިހާރު ވިޔަފާރިތައް ފުނޑެމުންދަނީ އާމްދަނީ ނުބައްދަލު އެތަށްކަމެއް ހުރުމާއި، ވައްކަމާއި ކޮރަޕްޝަނާއި، އިސްރާފާއި އެތަށްކަމެއް ކުރުމުގެ ސަބަބުން ކަމަށެވެ. މިހެން މިކަން ދިމާވަނީ ދައުލަތުން ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދިނުމުގައި ލަސްވާތީކަމަށް މެމްބަރު ވިދާޅުވިއެވެ.
"ހުރިހާ އެންމެން ދައުލަތުގެ ވަޒީފާއަށް އަންނަން ވީމަ ދައުލަތަށް ކެއްނުވާވަރަށް މުސާރަ ދޭން ޖެހޭ ހާލަތަށް މިއަދު ރާއްޖެ ވެއްޓިއްޖެ."ސައުދުﷲ ވިދާޅުވިއެވެ.
މިއާއެކު މެމްބަރު ވިދާޅުވީ މިކަމުގައި އިދިކޮޅު ޕާޓީތަކާއި ސަރުކާރާއި ގުޅިގެން ހައްލުތަކެއް ހޯދަން ޖެހޭކަމަށެވެ.