Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިނަދޫ ސިޓީއަކަށް ބަދަލުކުރި ގޮތް މަޖިލީހުން ބަލައިދިނުމަށް އެދިއްޖެ

ތިނަދޫ ސިޓީއަކަށް ބަދަލުކުރި ގޮތް މަޖިލީހުން ބަލައިދިނުމަށް އެދިއްޖެ

އަައިޝަތު ޒީނާ
599 ދުވަސް ކުރިން - 1 ޑިސެންބަރު 2024 16:11
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ. / ފޮޓޯ: މަޖިލިސް
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ. / ފޮޓޯ: މަޖިލިސް
ޚުލާސާ

ސައުދު ވިދާޅުވީ އޮޅުވާލުންތަކެއްގެ ތެރެއިން ތިނަދޫ ސިޓީއަކަށް ބަދަލުކޮށްފައިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަރުން ހޮވުމަށްފަހު ކައުންސިލްގެ ރައީސް މޭޔަރުކަމަށް ވަޑައިގަތުމަށް ކަމަށް ބެލެވޭ ކަމަށް.

ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރިގޮތް ރައްޔިތުންގެ މަޖިލީހުން ބަލައިދިނުމަށް އެދިއްޖެއެވެ.

ތިނަދޫ ސިޓީއަކަށް ބަދަލުކުރުމުގައި ޤާނޫނާއި ޚިލާފަށް ކަންތައްތަކެއް ހިނގާފައިވޭތޯ ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ އަށް ސިޓީ ފޮނުއްވާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީއެވެ.

ޤާނޫނުގެ ތެރެއިން ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަކީ ބޭނުންވާ ކަމެއް ނަމަވެސް ނިމިދިޔަ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ތިނަދޫއަށް ސީޓީގެ ދަރަޖަ ދީފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި އެކަން ކުރުމުގައި ތިނަދޫ ކައުންސިލުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ. އެގޮތުން އެހެން ރަށްތަކުގެ ރަޖިސްޓްރީގައި ތިބި މީހުންނަށް ނޭނގި، އެމީހުންގެ ރަޖިސްޓްރީ ތިނަދޫއަށް ބަދަލުކޮށް، ތިނަދޫގެ ރަޖިސްޓްރީގައި ތިބި ގިނަ ބަޔަކު ޑަބަލްކޮށް ހިމަނާ، މީހުންގެ ނަމާއި ގޭގެ ނަންތައް އެކި ގޮތް ގޮތަށް ބަދަލުކޮށްފައިވާކަމަށް ސިޓީގައި ބުނެފައިވެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން މަރުވެފައިވާ މީހުންވެސް ދިރިތިބި ކަމަށް ހަދައި، ރަށްވެހިކަން ބަދަލުވެފައިވާ މީހުންވެސް ތިނަދޫގެ ރަޖިސްޓްރީގައި ހިމަނާފައިވާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުން އަންނަ ކަމަށް ސައުދު ވިދާޅުވިއެވެ.

"އެލްޖީއޭއިން ރެންޑަމްކޮށް ޗެކްކުރި އިރު 307 މީހުންގެ އައިޑީކާޑު ނަންބަރު ވަނީ ތަކުރާރުވެފައި. ޑީއެންއާރުގެ ހިސާބުތަކުން ވެސް 8000 މީހުން ވެސް ތިނަދޫގައި ހަމަ ނުވޭ." ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އޮޅުވާލުންތަކެއްގެ ތެރެއިން ތިނަދޫ ސިޓީއަކަށް ބަދަލުކޮށްފައިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަރުން ހޮވުމަށްފަހު ކައުންސިލްގެ ރައީސް މޭޔަރުކަމަށް ވަޑައިގަތުމަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި ރައީސް ޞާލިޙް އޭރު ތިނަދޫއަށް ދެން ވަޑައިގަންނަވާނީ ސީޓިއަކަށް ހައްދަވާފައިކަމަށް ވިދާޅުވެފައިވާކަން ވެސް ސައުދު ފާހަގަކުރެއްވިއެވެ.

ސައުދު ވަނީ ދައުލަތުގެ ފަރާތުން ދޭ ބްލޮކް ގްރާންޓްސް ފަދަ ފައިސާ މަކަރާއި ޙީލަތުން ނުހައްގުން ބޮޑު ޢަދަދަކުން ކައުންސިލުން ހޯދާކަމަށްވެސް ތުހުމަތުކޮށްފައެވެ. އަދި އެ ފައިސާއިން އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް ވަޒީފާ ދިނުމާއި، ބޭކާރު ދަތުރުތައް ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަމުން އަންނަ ކަމަށް ސައުދު ތުހުމަތުކުރެއްވިއެވެ.

ސައުދު ވިދާޅުވީ މި މައްސަލަ މަޖިލީހުން ބަލައިދިނުމަށް ހުށަހެޅުއްވީ ދާއިރާގެ ގިނަ ރައްޔިތުންގެ ކަންބޮޑުވުންތައް އެކަމުގައި ހުރުމުން ކަމަށެވެ. އެގޮތުން މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީތަކާއި މުއައްސަސާތަކުން އެ މައްސަލަ ބަލައިދިނުމަށް ސައުދު ވަނީ އެދިވަޑައިގެންފައެވެ.

މެމްބަރު ސައުދުﷲ ހިލްމީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައިސް ހުށަހެޅި މައްސަލައިގައި ޖިނާއީ ކުށެއް ނެތްކަމަށް ފުލުހުން ބުނެފި

ގައިސް މައްސަލާގައި ޖިނާއީ ކުށެއް ނެތް:ފުލުހުން

355 ދުވަސް ކުރިން - 20:38

އެމްޑީޕީ ސަރުކާރުން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ފުނޑާލައިފަ:ސައުދުﷲ

އެމްޑީޕީ ސަރުކާރުން ވަނީ ވިޔަފާރިތަށް ފުނޑާލައިފަ:ސައުދުﷲ

365 ދުވަސް ކުރިން - 17:33

ކާޑެއްދޫ އެއާޕޯޓުގެ މައްސަލައިގައި ވިލާ އެއާ އަދި ސިވިލް އޭވިއޭޝަން މަޖިލީހަށް ހާޒިރުކުރަން ގޮވާލައިފި

ކާޑެއްދޫ އެއާޕޯޓުގެ ފެންވަރުދަށް މައްސަލަ މަޖިލީހުން ބަލަނީ

527 ދުވަސް ކުރިން - 15:56

ތިނަދޫ ސިޓީއަކަށް ބަދަލުކުރި ގޮތް ބަލަން އެލްޖީއޭއަށް ހުށަހަޅައިފި

ތިނަދޫ ސިޓީއަކަށް ބަދަލުކުރި ގޮތް ބަލަން އެލްޖީއޭއަށް

594 ދުވަސް ކުރިން - 11:44

ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން: ސައުދުﷲ

ކުންފުނިތައް ބަނގުރޫޓުވެފައިވަނީ ކުރީ ސަރުކާރުން ކަންތައް ކުރި ގޮތުން: ސައުދުﷲ

675 ދުވަސް ކުރިން - 13:59