މާލެއިން ގެއްލިގެން ހޯދަމުން ދިޔަ މީހާ ބްރިޖުން ފުންމާލިކަން ހާމަވެެއްޖެ

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 22 ޖުލައި 2025 19:02
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ހަސަން ޔާމީން، 30އ.
މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ހަސަން ޔާމީން، 30އ.
ޚުލާސާ

ފުލުހުން ބުނީ މެރިން ޕޮލިހާއި އެމްއެންޑީއެފްގެ ކޯސްޓްގާޑު ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް.

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ހަސަން ޔާމީން، 30އ ޒުވާނާ ބްރިޖުން ފުންމާލާފައިވާކަން ފުލުހުންގެ ތަހުގީގަށް ހާމަވެއްޖެއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ޔާމީންގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޔާމީން ހޯދުމަށް ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރެވިފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 3:24 އެހައިކަންހާއިރު ސިނަމާލެ ބްރިޖުން ޔާމީން މޫދަށް ފުންމާލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައުލޫމާތު ޔާމީންގެ އާއިލާއާ ހިއްސާކޮށް، އާއިލާއާ ވަރަށް ގާތުން ތަހުގީގު ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މެރިން ޕޮލިހާއި އެމްއެންޑީއެފްގެ ކޯސްޓްގާޑު ގުޅިގެން ޔާމީން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%