ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ ބޭންކިން ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑީވްސް ހަމަޖައްސައިފިއެވެ.
ދިވެހި ރާއްޖޭގެ ލީޑިން ޓްރެވެލް ޓްރޭޑް ޝޯ، ޓީޓީއެމް އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ އެއް އިސް ރޯލެއް އަދާ ކުރާ އިވެންޓެވެ. މިފަހަރު ބާއްވަނީ ޓީޓީއެމްގެ ނުވަ ވަނަ އެޑިޝަނެވެ.
ބީއެމްއެލް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މި ހަރަކާތް އޮންނާނީ އަންނަަ އޮގަސްޓް މަހުގެ 27 އަދި 28 ވަނަ ދުވަހު ކަމަށާއި ޓީޓީއެމްގެ ނުވަ ވަނަ އެޑިޝަންގައި ޓީޓީއެމް އެވޯޑްސް ނައިޓާއި ގާލާ ނައިޓް އަދި ޓީޓީއެމް ކަނެކްޓް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޓީޓީއެމްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވެލް އޭޖެންޓުންނާއި ގުޅުވާލުމަށް ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ޓްރޭޑް ހަރަކާތެވެ.









