Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރަޝިޔާ-ޔުކްރޭން ޞުލްޙައިގެ މަޝްވަރާ މާދަމާ އަލުން ފަށަނީ

ރަޝިޔާ-ޔުކްރޭން ޞުލްޙައިގެ މަޝްވަރާ މާދަމާ އަލުން ފަށަނީ

ޖަވާދު
369 ދުވަސް ކުރިން - 22 ޖުލައި 2025 08:16
ޔުކްރެއިންގެ ރައީސް ޒެލެންސްކީ.
ޔުކްރެއިންގެ ރައީސް ޒެލެންސްކީ.
ޚުލާސާ

ރަޝިޔާ އާއި ޔުކްރެއިނާއި ދެމެދު ސުލްހައިގެ އާ މަޝްވަރާތަކެއް މާދަމާ ތުރުކީގައި ބާއްވަން ނިންމައިފި.

ރަޝިޔާ އާއި ޔުކްރެއިނާއި ދެމެދު ސުލްހައިގެ އާ މަޝްވަރާތަކެއް މާދަމާ ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔުކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮންނަ ބައްދަލުވުމުގެ ކުރިން ރައީސް ޒެލެންސްކީ ހާމަކުރެއްވި ގޮތުގައި، އަސީރުން ބަދަލުކުރުމާއި ބެހޭ ގޮތުން، އެ ގައުމުގެ ގައުމީ ސަލާމަތީ އަދި ދިފާއީ ކައުންސިލްގެ ސެކްރެޓަރީ ރަސްޓެމް އުމެރޮވްއާ އެކު ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރަޝިއާގެ ދައުލަތުގެ ނިއުސް އެޖެންސީ އާރް.އައި.އޭ. ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ކަމަށް ބައެއް މަސްދަރުތަކުން ވަނީ ބުނެފައެވެ.

Advertisement

Advertisement 1

ޔުކްރެއިން މިފަދަ މަޝްވަރާތަކުގެ ތިންވަނަ ބުރަކަށް ތައްޔާރުވަމުން ދާއިރު، ޒެލެންސްކީ ވަނީ އިސްކަންދޭ ބައެއް ކަންކަން ހާމަކުރައްވާފައެވެ. މި ކަންކަމުގެ ތެރޭގައި ރަޝިޔާއާ ދެކޮޅަށް ހިންގާ ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރުމާއި، އިތުރު ވައިގެ ދިފާއީ ނިޒާމްތައް ހޯދުމާއި، ޑްރޯންގެ ސަޕްލައި އިތުރުކޮށް އެފަދަ ކަންކަމަށް ފައިނޭންސް ހޯދުން ހިމެނެއެވެ. ޒެލެންސްކީ ވިދާޅުވީ ޔުކްރެއިން އަށް މިހާތަނަށް ދުވަހަކުވެސް ނުލިބޭ ފަދަ ބައިނަލްއަޤްވާމީ އެހީތެރިކަމެއް ލިބިފައިވާ ކަމަށާއި، ނަމަވެސް އާ މޮޑެލްތަކެއް ބޭނުންވާ ކަމަށެވެ.

"މިހާރު އިސްކަންދެނީ ޑްރޯންތަކަށް، ހުރިހާ ބާވަތެއްގެ ޑްރޯންތަކަށް،" ޒެލެންސްކީ ވިދާޅުވިއެވެ.

ފްރީޒްކޮށްފައި ހުރި ރަޝިއާގެ ފައިސާ އަށް އިޝާރާތް ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، އެ ފައިސާ ޔުކްރެއިންގެ ދިފާއީ ކަންކަމަށް ބޭނުންކުރުމަށް އިސްކަން ދިނުމަށް ގޮވާލައްވާ ކަމަށެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވީ، ނޭޓޯ އާއި ޔޫރަޕިއަން ޔޫނިއަންއިން ބޭރުންވެސް ޔުކްރެއިންގެ ގުޅުންތައް ވަރަށް ވަރުގަދަ ކަމަށެވެ. މިގޮތުން ޔުކްރެއިން-އުތުރު ޔޫރަޕް، ޔުކްރެއިން-ދެކުނު އިރުމަތީ ޔޫރަޕް އަދި ކްރައިމިއަން ޕްލެޓްފޯމް ފަދަ ގުޅުންތައް ފާހަގަ ކުރައްވައި، ތުރުކީއާ އޮތް ޚާއްސަ ގުޅުމުގެ މުހިންމުކަންވެސް ފާހަގަ ކުރެއްވިއެވެ.

ރަޝިއާ - ޔުކްރޭންޒެލެންސްކީތުރުކީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއް ދީފި

ރަޝިޔާގެ ސެއިންޓް ޕީޓަސްބާގްގައި ހުންނަ މައި ތެޔޮ ޓާމިނަލަކަށް ހަމަލާދީފި

21 ދުވަސް ކުރިން - 23:10

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގެ ކުރީގައި

ޖީ7 ގެ އިސްވެރިން ފަރަންސޭސިވިލާތުގައި ބައްދަލުކުރައްވަނީ: އީރާނާއި ޔޫކްރޭންގެ މައްސަލަ އެޖެންޑާގައި

39 ދުވަސް ކުރިން - 15:10

ރަޝިޔާގެ ޑްރޯންތަކަށް ޙަމަލާ ދިނުމަށް އިނގިރޭސިވިލާތުން ހުއްދަ ދީފި

ރަޝިޔާގެ ޑްރޯންތަކަށް ޙަމަލާދޭން އިނގިރޭސިވިލާތުން އަންގައިފި

91 ދުވަސް ކުރިން - 20:55

ޔޫރަޕަށް ޙަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފި!

ޔޫރަޕަށް ޙަމަލާ ދޭންޖެހިދާނެ ކަމަށް ރަޝިޔާއިން އިންޒާރުދީފި!

98 ދުވަސް ކުރިން - 19:07

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

އެކާޅީސް ހަށިގަނޑުގެ ބަދަލުގައި، ޔުކްރޭނަށް 1000 ހަށިގަނޑު

107 ދުވަސް ކުރިން - 16:51

ޔުކްރޭނުގެ ޑްރޯންތައް ވައްޓާލަން އުޅުމުގެ ތެރޭގައި ރަޝިޔާގެ ތެޔޮ ރައްކާކުރާ މަރުކަޒެއް ގޮވައިފި

ރަޝިޔާގެ ތެޔޮ ރައްކާކުރާ މަރުކަޒެއް ގޮވައިފި

116 ދުވަސް ކުރިން - 21:00