ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ބަނގުރާފުޅި ތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ޕެޓްރޯލުކުރަމުން ދިޔައިރު ފެނުނު ދަބަސްތަކެއް ބަލައިފާސްކޮށް މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.
އަދި މި ފުޅިތަށް ފުލުހުންނަށް ފެނުނީ ހުޅުމާލޭ ރަށު މާރުކޭޓާ ދިމާލުގެ ތޮށިމަތީގައި ހުރި ދަބަސްތަކެއްގެ ތެރެއިން ކަމަށްވެސް އެ ޕޯސްޓުގައި ފުލުހުން ބުންޏެވެ. އަދި އެ ދަބަސްތަކުގެ ވެރިއަކު ނުވުމުން ބަލާ ފާސް ކުރިއިރު 36 ބަނގުރާ ފުޅި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާކަމަށެވެ.
އަދި މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ.