ގަވާއިދާ ހިލާފަށް ހުޅުމާލޭގައި ޕާކު ކޮއްފައި ހުރި އުޅަނދުތައް ޓޯކުރަން ފަށައިފި

އައިޝަތު ޝިފްނާ ހުސައިން | 10 ގަޑިއިރު ކުރިން - 21 ޖުލައި 2025 09:27
ގަވާއިދާ ހިލާފަށް ޕާކު ކޮށްފައިހުރި ސައިކަލެއް ފުލުހުން ޓޯ ކުރަނީ.--ފޮޓޯ:ހުޅުމާލެ ޕޮލިސް
ގަވާއިދާ ހިލާފަށް ޕާކު ކޮށްފައިހުރި ސައިކަލެއް ފުލުހުން ޓޯ ކުރަނީ.--ފޮޓޯ:ހުޅުމާލެ ޕޮލިސް
ޚުލާސާ

މިދިޔަ މަހުވެސް މާލެގެ ދެ މަގަކުން 420 އުޅަނދު ޓޯކުރި.

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްފައި ހުރި ދުއްވާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ގަވާއިދާ ހިލާފަށް މަނާ ސަރަހައްދުތަކުގައި ޕާކު ކޮށްފައި ހުރި އުޅަނދުތައް ނަގަމުން އަންނަ ކަމަށް ހުޅުމާލެ ޓްރެފިކް ޕޮލިހުން ފޭސްބުކްގައި އިއުލާން ކޮށްފިއެވެ.

މީގެ ތެރެއިން ޑަބަލް ލައިން ކުރަހާފައި ހުންނަ ސަރަހައްދުތަކާއި، ކަފިހި ހުރަސްތައް މަތީގައި ޕާކު ކޮށްފައި ހުންނަ އުޅަނދުތައް ހިމެނެއެވެ.

އޭގެ އިތުރުން މާލޭގައިވެސް ގަވާއިދާހިލާފަށް ޕާކު ކޮއްފައި ހުންނަ އުޅަނދުތައް ވެސް ފުލުހުން ދަނީ ޓޯ ކުރަމުންނެވެ. ހަަމަ އެކަނި މިދިޔަ މަހުވެސް މާލެގެ ދެ މަގަކުން 420 އުޅަނދު ޓޯ ކޮށްފައިވެއެވެ.

މިގޮތަށް ކަންތައް ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މަގުމައްޗަކީ އެންމެންނަށްވެސް ރައްކާތެރި ތަނަކަށް ހަދާދިނުމަށް ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%