ޓެކް ކުންފުންޏެއްގެ ސީއީއޯއެއް ކަމަށް ބުނާ މީހަކު، ލައިވް ކޮންސާޓެއްގެ ތެރެއިން އޭނާގެ ކުންފުނީގެ މުވައްޒަފަކާއި ގައިގޯޅިވާ މަންޒަރު ދައްކައިދޭ ލައިވް މަންޒަރު އާންމުވެ، އެކަން ފަޅާއެރި މައްސަލައިގައި މަގާމުން އިސްތިއުފާދީފި އެވެ.
މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބޮސްޓަން ކައިރީގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބޭއްވި ކޯލްޑްޕްލޭގެ "މިއުޒިކް އޮފް ދި ސްފިއާސް" ކޮންސަޓެއްގައި، "ކިސް-ކެމް އެސްޓްރޮނޯމާ" ކިޔާ ޓެކް ޕްލެޓްފޯމެއްގެ ސީއީއޯ އެންޑީ ބައިރަންއާއި، އޭނާގެ ގައިގައި ބައްދާލައިގެން ހުރި އެ ކުންފުނީގެ އެޗްއާރު ޗީފް ކްރިސްޓިން ކެބޮޓްގެ ގުޅުން އެންމެނަށް ހާމަވެ ހަގީގަތް ވަނީ ފަޅާއަރާފަ އެވެ.
ބައިރަން އަކީ މީހަކާއި އިނދެގެން އުޅޭ މީހަކަށްވެފައި، ވަގު ބިޓަކާއެކު ހުއްޓާ ލައިވް ކެމެރާތަކަށް އެމީހުންގެ މޫނު އެރުވުމުން އެ ދެމީހުންވެސް ވަނީ މޫނުގައި އަތް އަޅައި މޫނު ނިވާކޮށް އެހެން ދިމާލަކަށް އަނބުރަން މަސައްކަތް ކޮށްފައެވެ. އަދި ވަގުތުން ބައިރަން އެތަނުން ނުކުމެގެން ދިޔައީ އެވެ.
ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިހާރު ބައިރަން ވަނީ އެސްޓްރޮނޯމާ ކުންފުނިން އިސްތިއުފާދީފައެވެ. އަދި ބައިރަންއާއިއެކު ހުއްޓާ ފަޅާއެރި އެޗްއާރްގެ ޗީފް ކްރިސްޓަން ވެސް އިސްތިއުފާދީފައިވާ ކަމަށްވެ އެވެ. އެކަން އެ ކުންފުނިން ޔަގީންކޮށްދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އޭންޑީއަކީ 2023 ވަނަ އަހަރުން ފެށިގެން އެސްޓްރޮނޮމާގެ ސީއީއޯ އެވެ. އަދި ކްރިސްޓެން އެ ކުންފުންޏާ ގުޅުނީ މީގެ ނުވަ މަސްދުވަސް ކުރިންކަން ރިޕޯޓްތަކުން ހާމަވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އެސްޓްރޮނޯމާ ކުންފުނީގެ އަގު 1.3 ބިލިއަން ޑޮލަރު (1.1 ބިލިއަން ޔޫރޯ) އަށް ވުރެ މައްޗަށް އަރައެވެ.