"ސައްޔާރާ" ފިލްމު ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރައިފި!

އައިޝަތު ރުވާ ރިފްޢަތު | 30 ދުވަސް ކުރިން - 21 ޖުލައި 2025 09:08
ސައްޔާރާ ފިލްމްގެ ޕޯސްޓަރެއް----
ސައްޔާރާ ފިލްމްގެ ޕޯސްޓަރެއް----
ޚުލާސާ

"ސައްޔާރާ" މިހާރު ވެފައި ވަނީ މި އަހަރު ބޮލީވުޑަށް ތައާރަފުވި އާ އެކްޓަރުންގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް.

ބޮލީވުޑްގެ ޒުވާން ތަރި އަނަންޔާ ޕާންޑޭގެ ކަޒިން އަހާން ޕާންޑޭގެ ފުރަތަމަ ފިލްމު "ސައްޔާރާ" ބޮކްސް އޮފީހުގައި ރިކޯޑް މުގުރައި، މި އަހަރު ރިލީޒްވި އާ އެކްޓަރުންގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށް ވެއްޖެ އެވެ.

އަހާން ބޮލީވުޑަށް ތައާރަފުވި "ސައްޔާރާ" ޕްރިމިއާކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ފިލްމުގައި އޭނާއާ އެކު ލީޑު އެކްޓްރެސްގެ ރޯލު ކުޅެފައި ވަނީ އަނީތު ޕައްޑާ އެވެ. ކުރިން ވެބް ސީރީޒްތަކުގައި މަސައްކަތްކޮށްފައިވާ އަނީތުގެ ވެސް މިއީ ބޮޑު ސްކްރީނުގައި ރިލީޒްވި ފުރަތަމަ ފިލްމެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ފުރަތަަމަ ދުވަހު މި ފިލްމަށް ވަނީ 21 ކްރޯޑް ރުޕީސް ލިބިފަ އެވެ. އެއާއެކު، "ސައްޔާރާ" މިހާރު ވެފައި ވަނީ މި އަހަރު ބޮލީވުޑަށް ތައާރަފުވި އާ އެކްޓަރުންގެ ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަށެވެ.

މިދިޔަ ފެބްރުއަރީ މަހު ބޮޑު ސްކްރީނުގައި އެޅުވި ހުޝީ ކަޕޫރާއި ޖުނައިދު ހާންގެ ފުރަތަމަ ފިލްމު "ލަވްޔާޕާ" އަށް ބޮކްސް އޮފީހުގައި ލިބުނީ މުޅި ޖުމްލަ، އެންމެ 12 ކްރޯޑް ރުޕީސް އެވެ. އަދި ރަވީނާ ޓެންޑޮންގެ ދަރިފުޅު ރަޝާ ތަންޑާނީގެ ފުރަތަމަ ފިލްމު "އަޒާދު" މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރިއިރު، އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ މުޅި ޖުމްލަ، އެންމެ 10 ކްރޯޑް ރުޕީސް އެވެ. މި ދެ ފިލްމުގެ އާމްދަނީއާ އަޅާ ބަލާއިރު، "ސައްޔާރާ"ގެ ފުރަތަމަ ދުވަހުގެ އާމްދަނީ ވެސް މާ ބޮޑެވެ.

އާހާން އާއި އަނީތުގެ "ސައްޔާރާ" އަށް ފުރަތަމަ ދެ ދުވަހު ބޮކްސް އޮފީހުން ވަނީ 45 ކްރޯޑް ރުޕީސް ލިބިފަ އެވެ. އަދި މިއަދު އެ އަދަދު 50 ކްރޯޑް ރުޕީސް ހުރަސްކުރާނެ ކަމަށް ބެލެވޭކަަމަށް ރިޕޯޓްތަކުން ހާމަކުރިއެވެ.

ވައިއާރުއެފުން ގެނެސްދޭ "ސައްޔާރާ"އަކީ 60 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދިފައިވާ ފިލްމެކެވެ. "އާޝިގީ 2" އާއި "އޭކް ވިލަން" ކަހަލަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ މޯހިތު ސޫރީ ޑައިރެކްޓުކޮށްފައިވާ "ސައްޔާރާ"އަކީ ލޯބީގެ އަސަރުގަދަ ފިލްމެކެވެ. މި ފިލްމަށް ކްރިޓިކުންނާއި އާންމުންގެ ފަރާތުން ވެސް ގިނައިން ލިބިފައި ވަނީ ޕޮޒިޓިވް ރިވިއުތަކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%