މަސްތުވާތަކެއްޗާއެކު މާލެއިން ފުލުހަކާއި އިތުރު މީހަކު ހައްޔަރުކޮށްފި

އަހްމަދު އީޒާން | 5 ގަޑިއިރު ކުރިން - 19 ޖުލައި 2025 16:09
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުހަކާއި އިތުރު މީހެއް / ފޮޓޯ: ޕޮލިސް
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ފުލުހަކާއި އިތުރު މީހެއް / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނ އެމީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށް.

ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފުލުހަކާއި އިތުރު މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައި ވަނީ އދ. ކުނބުރުދޫ, ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ, 31 އާއި ހއ. ދިއްދޫ، ހަޒާރުމާގެ، ސައިފުﷲ އަހްމަދު، 26 އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެމީހުންގެ ތެރެއިން އައިޝަތު ޝިޔާޒާއަކީ ފުލުހެކެވެ.

އެ ދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން އައިޝަތު ޝިޔާޒާއަށް ފަސް ދުވަސް އަދި ސައިފުﷲ އަހްމަދަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޑްރަގް އެންފޯސްމަންޓުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%