Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފޭރުނު ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންނަށް ހަމަލާދީ މާރާމާރި ހިންގައިފި

ފޭރުނު ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންނަށް ހަމަލާދީ މާރާމާރި ހިންގައިފި

އަހްމަދު އީޒާން
417 ދުވަސް ކުރިން - 19 ޖުލައި 2025 15:13
ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ: ފުލުހުންނަށް ހުރަސްއެޅި ދެމީހަކު ވަނީ ހައްޔަރުކޮށްފައި / ފޮޓޯ: ޚުލާސާ
ފުލުހުން މާލޭގެ މަގުތައް ބަލަހައްޓަނީ: ފުލުހުންނަށް ހުރަސްއެޅި ދެމީހަކު ވަނީ ހައްޔަރުކޮށްފައި / ފޮޓޯ: ޚުލާސާ
ޚުލާސާ

ފުލުހުން ބުނީ ފުލުހުންނަށް ހަމަލާދީ، މާރާމާރި ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުން ބާރުގެ ބޭނުންކޮށްގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް.

މާލޭގެ މީހެއްގެ އަތުން ފައިސާ ފޭރުނު ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންނަށް ހަމަލާދީ މާރާމާރި ހިންގައިފި އެވެ. 

ފުލުހުން މިއަދު ބުނީ ހެންވޭރު ލޮނުޒިޔާރަތް މަގުގައި މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ތަނަކަށް ވައްދައި އޭނާގެ އެކައުންޓުގައު ހުރި ފައިސާ (200ރ.) ޓްރާންސްފާކުރުވި މައްސަލައެއް ރޭ 11:57 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓާ ގުޅިގެން ފުލުހުން އެތަނަށް އެޓެންޑުވި އިރު، ފޭރުނު ކަމަށް ތުހުމަތުކުރެވޭ މީހުން އެ ސަރަހައްދުގެ ގެއެއްގައި ތިބިކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ގެއަށް ފުލުހުން ވަންނަން އުޅުމުން ފުލުހުންނާއި ކުރިމަތިލައި މާރާމާރި ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ ފުލުހުންނަށް ހަމަލާދީ، މާރާމާރި ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް އެމީހުން ހުރަސްއެޅުމުން ބާރުގެ ބޭނުންކޮށްގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކުރީ ފޭރުމުގެ ތުހުމަތާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ، ފަރީސާ މަންޒިލް، ހަސަން ލުޖެއިން މުހައްމަދު، 23 އާއި މާލެ، ހ. ކަނޑުފިނިގެ، މުހައްމަދު ޝަފީއު، 55 އެވެ.

ފުލުހުން ބުނީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އެ ދެމީހުންނާއި ފުލުހުންގެ އޮފިސަރަކަށް ވެސް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވި އެންމެނަށް ފަރުވާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މާރާމާރީމޯލްޑިވްސް ޕޮލިސް ސަރވިސްކުށްކުރުންފޭރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

2 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20