އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޞިއްޙީ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އަތުގެ ރުތުތަކުން ބަރާބަރަށް ލޭ ނުހިނގާ ކަމަށް ވައިޓްހައުސް އިން ބުނެފިއެވެ.
އެމެރިކާގެ ރައީސުންނަކީ ކޮންމެ އަހަރަކުވެސް އެ ބޭފުޅުންގެ ޞިއްޙީ ޙާލަތު ޢާންމުކުރާ ޘަޤާފަތެއް އޮންނަ ޤައުމެކެވެ. ވައިޓްހައުސް އިން ބުނީ ޓްރަމްޕަށް ދިމާވެގެން އުޅޭ މައްސަލައަކީ "ކްރޮނިކް ވީނަސް އިންސަފިޝަންސީ" ނުވަތަ ނާރުތަކުގައި ލޭ ޖަމާވެ ޕްރެޝަރު ބޮޑުވާ މައްސަލަ ކަމަށެވެ.
ޓްރަމަޕަށް މިކަން ދިމާވިކަން އެނގުނީ އޭނާގެ ފައި ދުޅަވެ އަތުގެ ހަންގަނޑުގެ ކުލަ ބަދަލުވުމުން ހެދި ތަޙްލީލްތަކުން ކަމަށް ވައިޓްހައުސްއިން ބުންޏެވެ.
ޓްރަމްޕް މީހަކާއި ސަލާމް ކުރައްވާއިރު، އޭނާގެ އަތުގެ ކުލަ ބަދަލުވެފައިވާ މަންޒަރު ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯއެއް.
ވައިޓްހައުސްގެ ތަރުޖަމާނު ކެރޮލީން ލީވިޓް ވިދާޅުވީ، 79 އަހަރުގެ ޓްރަމްޕަށް ދިމާވެފައި މި ބަލީގެ ސަބަބުން އޭނާގެ ހަށިގަނޑުގެ އެހެން ގުނަވަނަކަށް އަސަރު ކޮށްފައި ނުވާކަމަށެވެ.