ޣިރާޤް އަލިފާން: 72 މީހުން މަރުވިއިރު ސަލާމަތް ކުރެވުނީ 45 މީހުން

ޖަވާދު | 11 ގަޑިއިރު ކުރިން - 19 ޖުލައި 2025 10:35
އަލިފާން ރޯވި ޣިރާޤުގެ ޝޮޕިންގ މޯލް / ފޮޓޯ: ރޮއިޓާސް.
އަލިފާން ރޯވި ޣިރާޤުގެ ޝޮޕިންގ މޯލް / ފޮޓޯ: ރޮއިޓާސް.
ޚުލާސާ

ކަރަންޓުގެ މައްސަލައް ދިމާވެ އަލިފާން ރޯވި ޣިރާޤުގެ ޝޮޕިންގ މޯލުން ގިނަބަޔަކު މަރުވިއިރު ޢިމާރާތުގެ ވެރިފަރާތް ހައްޔަރުކުރުމަށް ވަނީ އަންގާފަ.

ޣިރާޤުގެ ކޫތު ސިޓީގެ ޝޮޕިންގ މޯލްގައި ހިނގި އަލިފާނުގެ ހާދިސާގައި 72 މީހުން މަރުވެއްޖެ ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ. މި މަހުގެ 16 ވަނަ ދުވަހުގެރޭ ހިނގި މި އަލިފާނުގެ ހާދިސާގައި ފަސްބުރީގެ ޝޮޕިންގ މޯލުގައި ރޯވި އަލިފާންގަނޑު ވަރަށް ބާރަށް ފެތުރި އެތަން އަނދައި ހުލިވިއިރު އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ތާށިވެފައި ތިބި 45 މީހަކު ސަލާމަތް ކޮށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށާއި ގިނަ މީހުން މަރުވީ ބޯ ދުމުގެ ތެރޭގައި ފާޚާނާ ތަކާއި ގުދަން ތަކުގެ ތެރޭގައި ތާށި ވުމުގެ ސަބަބުންނެވެ.

ޣިރާޤުގެ ފުލުހުން ބުނީ ޝޮޕިންގ މޯލުގައި ހިނގި އަލިފާނުގެ ހާދިސާގައި 18 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑު މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ.

މި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ އެ ޝޮޕިންގ މޯލްގެ ދެވަނަ ފަންގިފިލާގައި ހުންނަ ކޮސްމެޓިކްސް އާއި ސެންޓު ވިއްކާ ބައެއްގައެވެ.

މި ހާދިސާ ހިނގި ޝޮޕިންގ މޯލަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފި ނަމަ، އެތަނުގެ ތެރެއިން ކުއްލިޔަކަށް މީހުން ނުކުމެގެން ދާނެ އެމެޖެންސީ އެގްޒިޓެއް ވެސް ހުރި ތަނެއް ނޫން ކަމަށާއި، އަލިފާން ރޯވީ ކަރަންޓުގެ މައްސަލައަކުން ކަމަށް މި ހާދިސާ ތަޙްޤީޤުކުރާ ފަރާތްތަކުން ބުންޏެވެ.

ޣިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް ސޫދާނީ ވަނީ މި މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް ހިންގުމަށް އަމުރުކޮށް، އެ ޢިމާރާތުގެ ވެރިފަރާތް ހައްޔަރުކުރުމަށާއި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދިނުމަށް އަންގަވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%