Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ މަރުގެ ތަހުގީގަށް ބަޔާން ނަގައިފި

ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ މަރުގެ ތަހުގީގަށް ބަޔާން ނަގައިފި

އަހްމަދު އީޒާން
327 ދުވަސް ކުރިން - 18 ޖުލައި 2025 21:33
ޝަހީދު ހުސެއިން އާދަމް ބިލްޑިން: ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ މަރުގެ ތަހުގީގަށް ފުލުހުން ވަނީ ބަޔާންތައް ނަގައިފައި / ފޮޓޯ: ޕޮލިސް
ޝަހީދު ހުސެއިން އާދަމް ބިލްޑިން: ރާއްޖޭގައި މަރުވި ސިންގަޕޫރު ކުއްޖާގެ މަރުގެ ތަހުގީގަށް ފުލުހުން ވަނީ ބަޔާންތައް ނަގައިފައި / ފޮޓޯ: ޕޮލިސް
ޚުލާސާ

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުންގެ އޮފިސަރުންތަކެއް މިދިޔަ މެއި މަހު ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންތަކެއްގެ ބަޔާން ނަގާފައިވޭ.

ސްކޫލް ޓްރިޕެއްގައި އދ. ދިގުރަށަށް ކައިރީގައި އޮންނަ ވޭލް ޝާކް ޕޮއިންޓަށް ގޮސް އުޅެނިކޮށް ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވި ސިންގަޕޫރު ކުއްޖާގެ މައްސަލައިގެ ތަހުގީގަށް ދިވެހި ފުލުހުން ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންގެ ބަޔާން ނަގައިފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ދޯންޏެއްގެ ބުރަފަތީގައި ޖެހިގެން މަރުވި ސިންގަޕޫރު ކުއްޖެއް ކަމަށްވާ ޖެންނާ އެރިއާނޭ ޗެން ޒީއެންގެ މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ފުލުހުން ހިންގަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުންގެ އޮފިސަރުންތަކެއް މިދިޔަ މެއި މަހު ސިންގަޕޫރަށް ގޮސް ޓީޗަރަކާއި ދަރިވަރުންތަކެއްގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement 1

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދެފުށްފެންނަ ތަހުގީގެއް ކުރާނެ ކަމަށާއި އަދި މައްސަލަ ބަލައި ނިމުމުން ތަހުގީގީ ރިޕޯޓް ކަމާބެހޭ އިދާރާތަކާ ހިއްސާކުރާނެ ކަމަށެވެ.

ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، ސްކޫލްގެ ވޭލް ޝާކް ޕްރޮޖެކްޓެއްގައި ރާއްޖެ އައި ކުދިންގެ ތެރޭގައި ހިމެނުނު 15 އަހަރުގެ ޖެންނާ މަރުވީ ސްނޯކްލިންއަށް ގޮސް ދޯނިން މޫދަށް ފުންމާލި ވަގުތު ދޯނީގެ ބުރަފަތީގައި ޖެހި ޒަހަމްވެގެން ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްސިންގަޕޫރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

4 މިނެޓު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

2 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

10 ދުވަސް ކުރިން - 00:06