Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގެއްލުނު ޒުވާނާ ހޯދަން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތަކެއް ބަލަނީ

ގެއްލުނު ޒުވާނާ ހޯދަން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތަކެއް ބަލަނީ

އަހްމަދު އީޒާން
327 ދުވަސް ކުރިން - 18 ޖުލައި 2025 20:03
މާލެއިން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ / ފޮޓޯ: ޕޮލިސް
މާލެއިން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ / ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތައް ބަލައި ދިރާސާކުރަމުން އަންނަ ކަމަށާއި އާއިލާގެ އެއްބާރުލުމާއެކު، ޔާމީން ދިރިއުޅޭތަން ބަލައި ފާސްކޮށްފައިވާ ކަމަށް.

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލެއިން ގެއްލިފައިވާ ޒުވާނާ ހޯދުމަށް ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތައް ދިރާސާކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ގ. ގާނެޓް، ހަސަން ޔާމީން، 30 އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ގެއިން ނުކުމެގެން ދިޔަ ގޮތަށް އާއިލާއަށް ގެއްލިފައިވާ ޔާމީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ފުލުހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

Advertisement

Advertisement 1

ފުލުހުންގެ ބަޔާނުގައި ބުނީ ޔާމީން ދިރިއުޅޭ ގެއިން މިދިޔަ ހުކުރު ދުވަހުގެ ރޭ 9:25 ހާއިރު ނުކުމެގެން ދިޔަ ގޮތަށް އާއިލާއަށް ޚަބަރެއް ނުވެގެން އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓް، އޭނާގެ އާއިލާގެ ފަރާތުން މިދިޔަ ހޯމަ ދުވަހު ލިބިފައިވާ ކަމަށެވެ.

ގެއްލިގެން ހުށަހަޅާ މީހުންގެ މައުލޫމާތު ފޯމު ފުރިހަމަކޮށް، ފުލުހުންގެ ކަމާބެހޭ އިދާރާތަކަށާއި އެހެން މުއައްސަސާތަކަށް އެ މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށާއި ތަހުގީގު ފަށައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތައް ބަލައި ދިރާސާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށާއި އާއިލާގެ އެއްބާރުލުމާއެކު، ޔާމީން ދިރިއުޅޭތަން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ޔާމީން ދިރިއުޅޭ އެޕާޓްމަންޓުން ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށާއި އެތަނަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ވެސް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ވެސް ކަމާބެހޭ އިދާރާތަކުން ފުލުހުންނަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

ފުލުހުން ބުނީޔާމީންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ، އެ އިދާރާގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ ފަރާތުން އެދޭ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެއްލިގެން ހޯދާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ޢާޞިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

1 ގަޑިއިރު ކުރިން - 13:11

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

4 ގަޑިއިރު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

2 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55