އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

އަައިޝަތު ޒީނާ | 20 ގަޑިއިރު ކުރިން - 18 ޖުލައި 2025 19:57
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ދެކުނުގެ ރަށެއްގައި ކަމަށް.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ދެކުނުގެ ރަށެއްގައި ކަމަށް.
ޚުލާސާ

ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރާ ކަމަށް.

އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ 12:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި ރަށުގެ ޕޮލިސް ސްޓޭޝަނުންނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައަކީ ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން، އެ ކުއްޖާގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%