Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަބްދުއްރަހުމާންގެ މަރާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގާކަމުގެ ޔަގީންކަން ފުލުހުން ދީފި

އަބްދުއްރަހުމާންގެ މަރާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގާކަމުގެ ޔަގީންކަން ފުލުހުން ދީފި

އަައިޝަތު ޒީނާ
365 ދުވަސް ކުރިން - 17 ޖުލައި 2025 19:37
އަބްދުއްރަހްމާން އާދަމްގެ މަރާ ގުޅިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަނީ. / ފޮޓޯ: މިހާރު
އަބްދުއްރަހްމާން އާދަމްގެ މަރާ ގުޅިގެން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަނީ. / ފޮޓޯ: މިހާރު
ޚުލާސާ

މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ބުނި.

އއ. މާޅޮހުގައި މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު މަރާލި އަބްދުއްރަހްމާން އާދަމްގެ މަރާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގާކަމުގެ ޔަގީންކަން ފުލުހުން ދީފި އެވެ.

ފުލުހުން ބުނީ އަބްދުއްރަހްމާންގެ މަރުގެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

Advertisement

Advertisement 1

ފުލުހުން މިއަދު ބުނެފައިވަނީ އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަންނަ ހޯމަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ، މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ގިނަ އަދަދަކަށް ލޭ ފޭބިއެވެ. އޭނާ މަރުވެފައިވަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަތަރު ގަޑިއިރު ފަހުންނެވެ.

ފުލުހުން ބުނީ، އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ގާތިލު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނިއްޖެ

10 ގަޑިއިރު ކުރިން - 15:54

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ފުލުހުން ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

2 ދުވަސް ކުރިން - 10:28

ހޯރަފުށީ ޖޭޖޭ ޔުނިޓްގެ ކުދިންތަކެއް މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

3 ދުވަސް ކުރިން - 00:36

ފުލުހުންނާ ގުޅިގެން ކަރެކްޝަންސްއިން އައްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

އްސޭރި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި

4 ދުވަސް ކުރިން - 13:45

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

5 ދުވަސް ކުރިން - 19:32

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

ސިވިލް ކޯޓަށް ހާޒިރުކުރުމަށް އެމްޑީޕީ އަންވަރު ހޯދަން ފަށައިފި

5 ދުވަސް ކުރިން - 19:09