ހުޅުމާލޭގެ ވިނަރެސް ފްލެޓުން މިއަދު ވެއްޓުނު މީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
އެމީހާ މަރުވިކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ އަށްވަނަ ޓަވަރުން މީހަކު ފުންމާލުމުން ފުލުހުން ހަރަކާތްތެެރިވެފައިވަނީ މިއަދު ހަވީރުއެވެ.
އޭނާ ވެއްޓުމުން ފަރުވާ ދިނުމަށް ފުލުހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއިން ފެންނަ ގޮތުގައި ވެއްޓިފައިވަނީ ފިރިހެނެކެވެ. ނަމަވެސް އޭނާ ގަސްތުގައި ފުންމާލީ ކަމެއް އަދި ޔަގީނެއް ނޫނެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.









