ހުޅުމާލޭގެ ވިނަރެސް ފްލެޓަކިން މީހަކު ވެއްޓިގެން ފުލުހުން ހަރަކާތްތެެރިވާން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯއިން ފެންނަ ގޮތުގައި ވެއްޓިފައިވަނީ ފިރިހެނެކެވެ. ނަމަވެސް އޭނާ ގަސްތުގައި ފުންމާލީ ކަމެއް އަދި ޔަގީނެއް ނޫނެވެ.
ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސްގެ އަށްވަނަ ޓަވަރުން މީހަކު ފުންމާލުމުން ފުލުހުން ހަރަކާތްތެެރިވަމުން އަންނަ ކަމަށެވެ.
އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގެ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށެވެ.









