އަބްދުއްރަހްމާންގެ ޕޯސްޓްމޯޓަމް ހަދަން ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލަނީ

އަައިޝަތު ޒީނާ | 93 ދުވަސް ކުރިން - 17 ޖުލައި 2025 14:26
އއ. މާޅޮހުގައި މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު ނިދާފައި އޮއްވައި ހަމަލާދީ މަރާލި އަބްދުއްރަހްމާން އާދަމް، 65އ.--
އއ. މާޅޮހުގައި މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު ނިދާފައި އޮއްވައި ހަމަލާދީ މަރާލި އަބްދުއްރަހްމާން އާދަމް، 65އ.--
ޚުލާސާ

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށާއި، ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓުމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އަންނަ ހޯމަ ދުވަހު ޓްރިވެންޑްރަމަށް ފޮނުވާލަން ހަމަޖެހިފައިވާކަމަށް.

އއ. މާޅޮހުގައި މިދިޔަ އާދިއްތަ ދުވަހުގެ ދަންވަރު ނިދާފައި އޮއްވައި ހަމަލާދީ މަރާލި އަބްދުއްރަހްމާން އާދަމް، 65އ ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވާލަން ހަމަޖެހިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މައްސަލައިގެ ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށާއި، ނިޔާވި ސަބަބު ދެނެގަންނަން ޕޯސްޓުމޯޓަމް ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އަންނަ ހޯމަ ދުވަހު ޓްރިވެންޑްރަމަށް ފޮނުވާލަން ހަމަޖެހިފައިވާ ކަމަށެވެ.

އޭނާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ދީފައިވާތީ، މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ގިނަ އަދަދަކަށް ލޭ ފޭބިއެވެ. އޭނާ މަރުވެފައިވަނީ ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަތަރު ގަޑިއިރު ފަހުންނެވެ.

ފުލުހުން ބުނީ، އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ގާތިލު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އަބްދުއްރަހްމާންގެ މަރާއެކު މުޅި މާޅޮހަށް ވަނީ ކުއްލި ސިހުމެއް ގެނުވާފައެވެ. ސަބަބަބީ ވައްކަން ފަދަ ކުދި ކުދި ކުއްތައް ވެސް އެރަށުގައި ނުކުރާތީއެވެ. އެރަށުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އަބްދުއްރަހްމާން މަރާލާފައިވަނީ ރަށުން ބޭރު ބަޔަކު އެރަށަށް އަރައިގެންނެވެ.

ފުލުހުން އަންނަނީ މި މައްސަލައިގެ ތަހުގީގުގައި ރަށުގެ ބިއްދޮށު ވަލުތެރެވެސް ބަލައިސާފުކުރަމުންނެވެ.

އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް ކަމަށާއި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށްވެސް އެރަށުގެ ބައެއް މީހުން ބުނެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%