Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފުލުހުން ވަރުގަދަ މެސެޖަކާއެކު މަގުމައްޗަށް!

ފުލުހުން ވަރުގަދަ މެސެޖަކާއެކު މަގުމައްޗަށް!

އައިޝަތު ރުވާ ރިފްޢަތު
425 ދުވަސް ކުރިން - 17 ޖުލައި 2025 10:29
"ލަސްވުމަށް ވުރެ ފުރާނަ މުހިންމު" މިހެން ޖަހާފައިވާ ބޯޑުތައް ހިފައިގެން ފުލުހުން މަގުމަތީގައި އާމުން ހޭލުންތެރިކުރުމުގެ ހަރާތްކުރިއަށް ގެންދަނީ/  ފޮޓޯ: ފުލުހުން
"ލަސްވުމަށް ވުރެ ފުރާނަ މުހިންމު" މިހެން ޖަހާފައިވާ ބޯޑުތައް ހިފައިގެން ފުލުހުން މަގުމަތީގައި އާމުން ހޭލުންތެރިކުރުމުގެ ހަރާތްކުރިއަށް ގެންދަނީ/ ފޮޓޯ: ފުލުހުން
ޚުލާސާ

"ލަސްވުމަށް ވުރެ ފުރާނަ މުހިންމު" މިހެން ޖަހާފައިވާ ބޯޑުތައް ހިފައިގެން، އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ދައްކައިގެން ފުލުހުން ދަނީ އާއްމުންނަށް ހޭލުންތެރިކުރުވަމުން.

ދުވަހުން ދުވަހަށް ގިނަވަމުންދާ މަގުމަތީގެ އެކްސިޑެންޓްތަކާ ގުޅިގެން އާއްމުން ހޭލުންތެރި ކުރުވުމަށްޓަކައި ހުޅުމާލެ ފޭސް ދޭއްގެ ފުލުހުން މަގުމައްޗަށް ނުކުމެ، ވަރުގަދަ މެސެޖެއް ދޭން ފަށައިފިއެވެ. މި ހަރަކާތަކީ މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށް ފުލުހުން ކުރާ މުހިންމު މަސައްކަތެކެވެ.

ފުލުހުން މި ހަރަކާތްތެރިވަމުން ދަނީ ހުޅުމާލޭގެ އެންމެ ބާރުބޮޑު، ފޭސް ދޭއްގެ ނިރޮޅު މަގުގައެވެ. "ލަސްވުމަށް ވުރެ ފުރާނަ މުހިންމު" މިހެން ޖަހާފައިވާ ބޯޑުތައް ހިފައިގެން، އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ދައްކައިގެން ފުލުހުން ދަނީ އާއްމުންނަށް ހޭލުންތެރިކަން ދެމުންނެވެ. މިގޮތަށް ފުލުހުން މަގުމަތީގައި ހަރަކާތްތެރިވާ ގަޑިއަކީ އާއްމުކޮށް އޮފީސްތަކާއި ސްކޫލްތަކަށް މީހުން ދާ ގަޑިއެވެ. މިއީ އެއްފަހަރާ އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނުކުންނަ ވަގުތުކަމުން، މި މެސެޖް ގިނަ ބަޔަކަށް ލިބިގެންދާނެއެވެ.

ފުލުހުން އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެނިގެން ދަނީ، މަގުމަތީގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ދައްކައިގެން، "ލަސްވުމަށްވުރެ ފުރާނަ މުހިންމު!" މިހެން ޖަހާފައިވާ ޕޯސްޓަރުތައް ހިފައިގެން ފުލުހުން ތިބޭ މަންޒަރެވެ. މީގެ އިތުރުން ލައުޑް ސްޕީކަރު ބޭނުންކޮށްގެންވެސް ފުލުހުން ދަނީ މުހިންމު މެސެޖްތަކެއް ދެމުންނެވެ.

Advertisement

Advertisement 1

ހުޅުމާލެ ފޭސް ދޭއްގެ ފުލުހުން ފޭސްބުކްގައި ކުރި ޕޯސްޓެެއްގައި ބުނީ، ހަނދާން ބަހައްޓަންވީ ކަމަކީ އެއްވެސް އެޕޮއިންޓްމަންޓަކާއި ކްލާހެއް ނުވަތަ ބައްދަލުވުމެއްގެ އަގު ފުރާނައަށްވުރެ ބޮޑު ނުވާނެ ކަމަށެވެ. "ތިބާގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު - ހަމައެކަނި ތިބާއަށް ނޫން، ވަށައިގެންވާ އެންމެންގެވެސް. އަވަހަށް ނިކުމޭ، ރައްކާތެރިކަމާއެކު ދުއްވާ!" މިހެން އެ ޕޯސްޓްގައިވެއެވެ.

ފުލުހުން މި ހަރަކާތް ފަށާފައި މިވަނީ މިފަހަކުން މާލެ ސަރަހައްދުގައި ބޮޑެތި އެކްސިޑެންޓްތަކެއް ހިނގާފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް، މާލޭގައި ޖުލައި 13 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި 17 އަހަރުގެ ކުއްޖެއްގެ ފުރާނަވެސް ގެއްލިފައި ވެއެވެ.

މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އަދި އެތަނުން ދަތުރުކުރި ޕިކަޕެއްގައި ޖެހި މި އެކްސިޑެންޓް ހިނގީ އެރޭ 8:15 ހާއިރެވެ. އެ ތަނުން އެއް ކުއްޖަކު ޕިކަޕްގެ ދަށަށް ގޮސް ވަތް ތަން ސީސީޓީވީ ފޫޓޭޖުން ފެނެއެވެ. މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ ނިޔާވިއިރު، އެ ސައިކަލުގެ ފަހަތުގަައި އިން އުމުރުން 16 އަހަރުގެ ކުއްޖަކާއި، ކަފިހިހުރަސް މަތިން މަގު ހުރަސްކުރި 40 އަހަރުގެ މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ.

ފުލުހުން އާއްމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަޙައްދުތަކުގައި ޖުމްލަ 1,101 މަގުމަތީގެ އެކްސިޑެންޓް ރިޕޯޓްކޮށްފައި ވެެއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި އަހަރުގެ ޖެނުއަރީ 1 އިން ޖޫން 30 އާ ދެމެދު ރިޕޯޓްކުރެވުނު މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގި އެކްސިޑެންޓްތަކެވެ.

ހިނގާފައިވާ އެކްސިޑެންޓްތަކުގެ ނަތީޖާއަށް ބަލާއިރު، އެކްސިޑެންޓްތަކުގެ ތެރެއިން ހަ އިންސައްތަ އެކްސިޑެންޓްގައި ބޮޑެތި އަނިޔާތައް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މި ހިސާބުތަކުން މަގުތަކުގައި ދުއްވާ އެއްޗެހި ދުއްވާއިރު އާއްމުން ސަމާލުކަން ދޭން ޖެހޭ މިންވަރު އިތުރުވެފައިވާކަން ދައްކައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

އެކްސިޑެންޓްތައް މަދުކުރަން ހުޅުމާލޭގައި ފުލުހުންނާއި ސްކޫލް ކުދިން ގުޅިގެން ހަރަކާތެއް ހިންގައިފި

2 ދުވަސް ކުރިން - 21:50

ފުލުހުންގެ ސައިބަރ ސެކިއުރިޓީ އާއި ކްރައިސިސް މެނޭޖްމަންޓް ފެންވަރު ހަރުދަނާކުރުމަށްޓަކައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ފުލުހުންގެ ސައިބަރ ސެކިއުރިޓީ ހަރުދަނާކުރަން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

4 ދުވަސް ކުރިން - 23:15

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

7 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

7 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

7 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 10:48