ދަރިއަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ކޯޓުން ފުރަތަމަ ފަހަރަށް އާންމުކޮށްފި

އަައިޝަތު ޒީނާ | 1 ދުވަސް ކުރިން - 16 ޖުލައި 2025 15:46
ދަރިއަށް ހަރަދު ނުދޭ އަހުމަދު އަލީ. / ފޮޓޯ: ފެމިލީ ކޯޓު
ދަރިއަށް ހަރަދު ނުދޭ އަހުމަދު އަލީ. / ފޮޓޯ: ފެމިލީ ކޯޓު
ޚުލާސާ

އެމީހާގެ ފޮޓޯ އާންމުކުރީ ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީ، ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުގައި.

ދަރިއަށް ހަރަދު ނުދޭ މީހެއްގެ ފޮޓޯ ފުރަތަމަ ފަހަރަށް ފެމިލީ ކޯޓުން އާންމުކޮށްފި އެވެ.

ފެމިލީ ކޯޓުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސާބިތު ހަރަދަށް ފައިސާ ނުދައްކާ ފަރާތާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ފަރާތަކީ ދަރިފުޅުގެ ހަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާ ފަރާތެއްކަން އާންމުކޮށް އަންގާ ކަމަށެވެ.

އެމީހާއަކީ އަހުމަދު އަލީ (A075539)، މާލެ ދަފްތަރު ނަންބަރު ރސ 2578 ކަމަށް ކޯޓުން ވަނީ ހާމަކޮށްފަ އެވެ.

ކޯޓުން ބުނީ އެމީހާގެ މައުލޫމާތު އާންމުކުރި ނަމަވެސް އެންމެންގެ ފޮޓޯ އެގޮތަށް އާންމުކުރަން އަދި ނިންމާފައި ނުވާ ކަމަށެވެ.

ދަރިންނަން ހަރަދު ނުދޭ މީހުންގެ ފޮޓޯ ޅ. ހިންނަވަރު ކޯޓުންނާއި ހދ. ކުޅުދުއްފުށީ ކޯޓުން މީގެ ކުރިން އާންމުކޮށްފައިވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%