Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 20 ބިލިއަނަށް

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 20 ބިލިއަނަށް

މުހައްމަދު ޖަމްޝަތު
320 ދުވަސް ކުރިން - 16 ޖުލައި 2025 13:03
ފިނޭންސް މިނިސްޓްރީ. އަހަރުގެ މިހާތަނަށް ދައުލަތަށް 20 ބިލިއަންގެ އާމްދަނީއެއް ވަނީ ލިބިފައި---ފޮޓޯ:ޚުލާސާ
ފިނޭންސް މިނިސްޓްރީ. އަހަރުގެ މިހާތަނަށް ދައުލަތަށް 20 ބިލިއަންގެ އާމްދަނީއެއް ވަނީ ލިބިފައި---ފޮޓޯ:ޚުލާސާ
ޚުލާސާ

އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ޓެކުހުން. ހަރަދުތަކަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރި ހަރަދަށްވުރެ މި އަހަރު ކުރި ހަރަދު ވަނީ ދަށަށް ގޮސްފައި.

މި އަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ 20 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރާ "ވީކްލީ ފިސްކަލް" ރިޕޯޓުން ދައްކާ ގޮތުން ހިލޭއެހީ އާއި އާމްދަނީގެ ގޮތުގައި މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 20.11 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 1.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުންނެވެ. ޓެކުހުން 15.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު އެއީ އާމްދަނީގެ 76.3 ޕަސެންޓެވެ. އަދި ޓެކްސް ނޫން އާމްދަނީއަށް 4.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

Advertisement

Advertisement

ޓެކްސް އާމްދަނީއަށް ބަލާއިރު ޖީއެސްޓީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ، ވިޔަފާރިއާއި މުދަލުގެ ޓެކުހުން 2.8 ބިލިއަން ރުފިޔާ، އަދި އިމްޕޯޓް ޑިއުޓީއަށް 1.5 ބިލިއަން ރުފިޔާގެ އިތުރުން ގްރީން ޓެކުހުން 1.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީގެ ތެރޭގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 940.8 މިލިއަން ރުފިޔާ ލިބުނު އިރު އެއީ މިދިޔަ އަހަރު މި މުއްދަތުގައި ލިބުނު އާމްދަނީ އަށްވުރެ 53.3 ޕަސެންޓު އިތުރުވުމެކެވެ. އަދި ރިސޯޓު ކުލިން އެއް ބިލިއަން ރުފިޔާ ލިބުނެވެ.

ހަރަދުތަކަށް ބަލާއިރު އެ މުއްދަތުގައި ދައުލަތުން ޖުމްލަ 18.7 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ހަރަދުގެ ބޮޑުބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިދާރީ ހިންގުމައީ އޮޕަރޭޝަންތަކަށް ކުރި ހަރަދުތަކެވެ. އެ ހަރަދުތަކަށް 16.7 ބިލިއަން ރުފިޔާ ހޭދުކުރި ނަމަވެސް އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކަންކަމަށް ކުރި ހޭދައަށްވުރެ ނިސްބަތުން ދަށް އަދަދެއްކަން ފާހަގަކޮށްލެވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން އަހަރުގެ މިހާތަނަށް ލޯނު އަދާކުރުމަށް 3.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް އެއް މިލިއަން ރުފިޔާ ވަނީ ޓްރާންސްފާކޮށްފަ އެވެ. އަދި ޕަބްލިކް ސެކްޓަރުގެ އިންވެސްޓްމަންޓް ޕްރޮގްރާމަށް ދެ މިލިއަން ރުފިޔާ އަދި ކައުންސިލުތަކުގެ ބްލޮކް ގްރާންޓުގެ ގޮތުގައި އެއް މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ވިޔަފާރިމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް

ގުޅޭ ޚަބަރުތައް

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

3 ގަޑިއިރު ކުރިން - 09:50

އިބޯލާ ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

އިބޯލާ އަށް ތިން ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

13 ގަޑިއިރު ކުރިން - 23:07

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީކުރުމުގެ %75 މަސައްކަތް ނިމިއްޖެ

16 ގަޑިއިރު ކުރިން - 20:41

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

23 ގަޑިއިރު ކުރިން - 13:39

ސައިބާ ބުލީއިން ކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަނީ

1 ދުވަސް ކުރިން - 12:41

ސިގިރެޓާ ގުޅިގެން ސަރުކާރުން ޔޫޓާނެއް ނުނަގާ

ސަރުކާރުން ޔޫޓާނެއް ނުނަގާ

1 ދުވަސް ކުރިން - 11:51

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%