މާޅޮހުގައި މީހަކު މާރާލި ހާދިސާ: އަދިވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 16 ޖުލައި 2025 11:58
އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް
އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް
ޚުލާސާ

ޢަބްދުއްރަޙްމާން އާދަމް މަރާލި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރި.

އއ.މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި މީހާއި ގުޅިގެން، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި ހާދިސާގައި މަރުވީ މާޅޮހު އޯކިޑްމާ، ޢުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމެވެ. ފުލުހުން ބުނީ، އަބްދުއްރަހުމާން އާދަމް މަރާލި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި ޒަހަމްތަކެއްދީ، އޭނާއަށް އަނިޔާކޮށްފައިވާ ކަން އެނގުނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ދަންވަރުގައެވެ. އޭނާ ފެނުނުއިރުވެސް ހުރީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަބްދުއްރަހުމާނަށް ފަރުވާ ދިނުމަށް މާޅޮހު ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭނާ ނިޔާވީ ލިބުނު ޒަހަމުތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

މި މައްސަލައިގައި، އަބްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މާލެއަށް ގެނެސްފައިވާއިރު، ބޭރަށް ހަށިގަނޑު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%