މާލެއިން 30 އަހަރުގެ މީހަކު ގެއްލިގެން ހޯދަނީ

އައިޝަތު ރުވާ ރިފްޢަތު | 13 ގަޑިއިރު ކުރިން - 15 ޖުލައި 2025 01:26
ގެއްލިގެން  ހޯދާފަރާތް(ޙަސަން ޔާމީން (30އ)
ގެއްލިގެން ހޯދާފަރާތް(ޙަސަން ޔާމީން (30އ)
ޚުލާސާ

ގެއްލިގެން ހޯދަމުން ދަނީ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30އ)

މާލެއިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ގެއްލިގެން ހޯދަމުން ދަނީ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30އ) އެވެ.

ފުލުހުން ބުނީ، ޙަސަން ޔާމީން އޭނާ ދިރިއުޅޭ ގ.ގާރނެޓްގައި ހުންނަ ގެއިން ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:25 އެހައިކަންހާއިރު ނުކުމެގެން ދިޔަފަހުން އާއިލާއަށް އޭނާއާ ބެހޭ އެއްވެސް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށެވެ. މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 20:30 އެހައިކަންހާއިރު ކަމަށާއި، މި ރިޕޯޓާ ގުޅިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ޔާމީނާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%