ހަތިޔާރުތައް އަންދާލައި ޓެރަރިސްޓުން އެރްދޮޣާންގެ ކުރިމަތީ ކުޑަކަކޫ ޖަހައިފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 14 ޖުލައި 2025 16:00
ރައީސް ރަޖަބް ޠައްތިބް އެރްދޮޣާން; ޓެރަރިސްޓް ޕީ.ކޭ.ކޭ އިން ވަނީ އޭނާގެ ސަރުކާރާއި އެކު މަޝްވަރާ ކުރަން ބޭނުން ކަމަށް ބުނެފަ / ފޮޓޯ: އޭޕީ.
ރައީސް ރަޖަބް ޠައްތިބް އެރްދޮޣާން; ޓެރަރިސްޓް ޕީ.ކޭ.ކޭ އިން ވަނީ އޭނާގެ ސަރުކާރާއި އެކު މަޝްވަރާ ކުރަން ބޭނުން ކަމަށް ބުނެފަ / ފޮޓޯ: އޭޕީ.
ޚުލާސާ

ތުރުކީގެ ވެރިކަމާއި ތޮޅެމުންދާ ހަތިޔާރު އެޅި ޓެރަރިސްޓް ޕީ.ކޭ.ކޭ ޖަމާއަތުން ހަތިޔާރުތައް ނައްތާލައި ތުރުކީއާ އެކު ސުލްހައިގެ ވާހަކަތައް ފަށައިފި.

ފާއިތުވި 40 އަހަރު ވަންދެން މެދުކެނޑުމެއް ނެތި ތުރުކީގެ ވެރިކަން ހޯދުމަށްޓަކައި ހަނގުރާމަ ކުރަމުން ދާ ޓެރަރިސްޓް ޖަމާއަތް ކަމަށްވާ ކުރުދިސްތާން ވޯކަރސް ޕާޓީ (ޕީ.ކޭ.ކޭ.) އިން އެމީހުންގެ ހަތިޔާރުތައް އަންދާލައި ރައީސް ރަޖަބް ޠައްތިބް އެރްދޮޣާންގެ ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައި އަމާން ދީފިއެވެ.

ޕީ.ކޭ.ކޭ ގެ ހަނގުރާމަވެރިން އެމީހުންގެ ހަތިޔާރުތަކުގައި ހުޅު ރޯކޮށްލާފައި / ވީޑިއޯ ގްރޭބް.

މިއީ އެ ޖަމާއަތް ބަލިކޮށް ނައްތާލުމަށް ޓަކައި އިރާގު ބޯޑަރު ސަރަހައްދުގަ އާއި ސީރިއާ ބޯޑަރު ސަރަހައްދުގައި އެރްދޮޣާންގެ ސަރުކާރުން ދިން ވަރަށް ވަރުގަދަ ހަމަލާ ތަކަށް ފަހު، ސުލްހަ ވުމަށް ޓަކައި ކުރި ކަމެއް ކަމަށް ތުރުކީގެ ހަބަރުތައް ބުނެ އެވެ.

ހަބަތުތައް ބުނާ ގޮތުގައި މިއީ ސުލްހައިގެ މަސައްކަތުގެ ފުރަތަމަ ފުރަތަމަ ފިޔަވައްސެވެ. ޕީ.ކޭ.ކޭގެ ތިރީހަކަށް ހަނގުރާމަވެރިން ވަނީ އެ މީހުން ގެންގުޅުނު އެސޯލްޓް ރައިފަލް ތަކާއި، އާރް.ޕީ.ޖީ.އާއި، އަދި ބޮން ތައް ވެސް ނައްތާލާފައެވެ. މި ވީޑިއޯ ތުރުކީގެ ޓީވީ ތަކުން ވެސް ދެއްކި އެވެ. ޕީ.ކޭ.ކޭ. ޖަމާއަތަކީ ގިނަ އަދަދެއްގެ ހަނގުރާމަވެރިން ރެކްރޫޓް ކޮށްފައިވާ، އަދި ސީދާ އެމެރިކާ އިން ފައިސާގެ އެހީތެރިކަން ލިބޭ ޖަމާއތެކެވެ. އެ ޖަމާއަތުގައި ގިނަ އަދަދެއްގެ އަންހެން ހަނގުރާމަވެރިން ވެސް އުޅެ އެވެ.

ޕީ.ކޭ.ކޭ ގެ ހަނގުރާމަވެރިން އެމީހުންގެ ހަތިޔާރުތައް އަންދާލަނީ.

1999 ވަނަ އަހަރުން ފެށިގެން ޕީ.ކޭ.ކޭ.ގެ ލީޑަރު އަބްދުﷲ އޮޖަލާން އޮތީ ޖަލަށް ލައި ބަންދު ކޮށްފަ އެވެ.

ޕީ.ކޭ.ކޭ.އިން ހަތިޔާރުތައް އަންދައިލުމުން ތުރުކީގެ ރައީސް އެރްދޮޣާން އެކަން ސިފަކުރައްވާފައި ވަނީ ތުރުކީގެ ތާރީހުގައި އާ ސަފްހާއެއް ކަމުގައެވެ.

1980ގެ އަހަރުތަކުން ފެށިގެން ޕީ.ކޭ.ކޭގެ ސަބަބުން ތުރުކީގެ 40،000 އަށް ވުރެ ގިނަ މީހުން ޝަހީދުވި އެވެ. ތުރިކީ އާއި ޕީ.ކޭ.ކޭ އާއި ދެމެދު ހިނގި މި ހަނގުރާމަތަކުގެ ސަބަބުން ތުރުކީގެ އިޤްތިޞާދަށް ވެސް ވަރަށް ބޮޑު ލޮޅުމެއް ވަނީ އައިސްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%