އާ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

އަހްމަދު އީޒާން | 2 ގަޑިއިރު ކުރިން - 14 ޖުލައި 2025 16:42
ޕަބްލިކް ވޯކްސް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުން / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
ޕަބްލިކް ވޯކްސް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުން / ފޮޓޯ: ޕަބްލިކް ވޯކްސް މިނިސްޓްރީ
ޚުލާސާ

މާލޭގައި ޒަމާނީ މަސްމާރުކޭޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ޕްލޭންކުރައްވާފައިވާ ކަމެއް.

މާލޭގެ އާ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓުގެ މަސައްކަތް އަވަސްކުރުމަށް ޕަބްލިކް ވޯކްސް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލާއެކު މިއަދު މަޝްވަރާކޮށްފި އެވެ. 

ޕަބްލިކް ވޯކްސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިނިސްޓަރު އާދަމް ޝަރީފާއި މާލޭގެ މޭޔަރު އާދަމް އާޒިމްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. މިއަދު އޮތް އެ ބައްދަލުކުރެއްވުމުގައި މާލޭގެ މަސްމާރުކޭޓާއި ލޯކަލް މާރުކޭޓު އިމާރާތްކުރުމުގެ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލޭގައި ޒަމާނީ މަސްމާރުކޭޓެއް ތަރައްގީކުރުމާއި ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު އެއް އިމާރާތެއްގައި ހިންގާ ގޮތަށް ބަދަލު ގެނައުމީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު ޕްލޭންކުރައްވާފައިވާ ކަންކަމެވެ.

އެ މަޝްރޫއުގެ ދަށުން މަސްމާރުކޭޓު އެޅުމަށް ނިންމާފަ ވަނީ މިހާރުގެ ވަޅޯމަސް މާރުކޭޓު ހުރި ބިމުގަ އެވެ. އެކަން ކުރުމަށް އެ ބިން ކޮންޓްރެކްޓަރަކާ ވެސް ހަވާލުކުރި އެވެ.

ލޯކަލް މާރުކޭޓާ ދަތުރުވެރިންގެ މާރުކޭޓު އަދި ވަޅޯމަސް މާރުކޭޓު ވަގުތީ ގޮތުން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް، އެކަމަށް ވަގުތީ ބިންތަކެއް ވެސް ހަމަޖައްސާފައިވެ އެވެ. ނަމަވެސް މިހާތަނަށް އެކަމާ ގުޅޭ އެއްވެސް އަމަލީ މަސައްކަތެއް ފަށައިފައެއް ނުވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%