އިމަޖެންސީގައި އައިޖީއެމްއެޗަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ

އަައިޝަތު ޒީނާ | 4 ގަޑިއިރު ކުރިން - 14 ޖުލައި 2025 15:01
އައިޖީއެމްއެޗް. / ފޮޓޯ: ޚުލާސާ
އައިޖީއެމްއެޗް. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ހާދިސާގައި މަރުވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް. އެމީހާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ފުލުހުން ބުނި.

އިމަޖެންސީގައި އައިޖީއެމްއެޗަށް މިއަދު ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗަށް އިމަޖެންސީގައި މިއަދު ގެންދިޔަ މީހަކު މަރުވެފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި މަރުވެފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޑޮކްޓަރަށް ދެއްކުމަށް އިމަޖެންސީގައި އެމީހާ މިއަދު އައިޖީއެމްއެޗަށް ގެންދިޔައީ މިއަދު ހެނދުނު 10:10 ހާއިރު ކަމަށެވެ. އަދި މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ކޮން ކަމަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މައްސަލައިގެ އިތުރު ތަފްސީލެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%