އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އައިސްފި

ހުސައިން އިސްމާއިލް | 4 ގަޑިއިރު ކުރިން - 14 ޖުލައި 2025 13:08
އިންޑޮނޭޝިއާއަށް މިއަދު ބިންހެލުން އައި ސަރަޙައްދު / ފޮޓޯ: ބީ.އެމް.ކޭ.ޖީ.
އިންޑޮނޭޝިއާއަށް މިއަދު ބިންހެލުން އައި ސަރަޙައްދު / ފޮޓޯ: ބީ.އެމް.ކޭ.ޖީ.
ޚުލާސާ

އިންޑޮނޭޝިއާއަށް 6.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް މިއަދު އައިސްފި. އެއްވެސް ގެއްލުމެއް ނެތް

މިއަދު އިންޑޮނޭޝިއާގެ އިރުމަތީގައިވާ ތަނިމްބާރ އައިލެންޑްސްއަށް 6.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. ބަންޑާ ކަނޑުގެ ސަރަހައްދަށް އައި މި ބެންހެލުމުގައި ބޮޑު ލޮޅުމެއް އިހުސާސްވި ކަމުގައި ވިޔަސް މި ބިންހެލުމުގެ ސަބަބުން މިހާތަނަށް ބޮޑެތި ގެއްލުންތަކެއް ނުވަތަ މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައެއް ނުވެއެވެ.

ބިންހެލުން އައީ މެންދުރު 12:49 ގައި 80 ކިލޯމީޓަރު އަޑިން ކަމަށާއި. މަލޫކޫ ޕްރޮވިންސުގެ ތުއަލް ސިޓީއާ 180 ކިލޯމީޓަރު ހުޅަނގު ދެކުނަށް ކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑޮނޭޝިއާގެ މޫސުމާ ބެހޭ، ކްލައިމެޓޮލޮޖީ އަދި ޖިއޮފިޒިކްސް އެޖެންސީ (BMKG) އިން ދާދި ދެންމެއަކު ބުނީ، ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އިންޑޮނޭޝިއާގެ ގާތްގަނޑަކަށް 310,000 މީހުންނަށް މި ބިންހެލުން އިހުސާސްވިއިރު، މި ބިންހެލުން އޮސްޓްރޭލިއާގެ އުތުރުގެ ބައެއް ސަރަހައްދުތަކަށް ވެސް އިހުސާސް ކުރެވުނެވެ.

އިންޑޮނޭޝިއާ އޮންނަނީ ބިންހެލުން ގިނައިން އަންނަ ސަރަހައްދެއް ކަމަށްވާ "ރިންގް އޮފް ފަޔަރ" ގެ މަތީގައެވެ. އެހެންކަމުން އެގައުމަށް ގިނައިން ބިންހެލުންތައް އާދެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%