Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ތިންވަނަ ބެޗު ފަށައިފި

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ތިންވަނަ ބެޗު ފަށައިފި

އަައިޝަތު ޒީނާ
332 ދުވަސް ކުރިން - 14 ޖުލައި 2025 14:37
މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށް. / ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށް. / ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ
ޚުލާސާ

މި ޕްރޮގްރާމްގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ޢިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާޢީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާއިން ތަމްރީނުތައް ކުރިއަށްގެންދޭ.

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ތިންވަނަ ބެޗު ފަށައިފިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެ، އެ މަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން، މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުޞަތު ޤައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ވުޒާރާއިން ބުނީ މި ޕްރޮގްރާމްގެ ތިންވަނަ ބެޗު ފަށާފައިވަނީ ޝެރަޓޮން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.

Advertisement

Advertisement 1

ތިންވަނަ ބެޗުގައި ޖުމްލަ 73 ޒުވާނުން ބައިވެރިވެފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިން މާރޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއޭޓުވިއިރު، ދެވަނަ ބެޗުގައި 32 ޒުވާނުން ވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ގްރެޖުއޭޓުވެފައެވެ.

މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި، ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާއިރު، ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމް.އެން.އެސް.ޑީ.އޭ އިން ނެޝަނަލް ސެޓްފިކެޓް އެމް.އެން.ކިއު.އެފް ލެވެލް 3ގެ ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނޭ ކަމަށް ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން މިޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން މި ޕްރޮގްރާމްގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވުޒާރާއިން ބުންޏެވެ.

ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ ޢަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގްރާމްގެ މަގްސަދެއްކަން ވުޒާރާއިން ފާހަގަކުރިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިއަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ޚާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، ޢިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާޢީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.

ޔޫތު މިނިސްޓްރީ (އުވާލެވިފައި)
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔޫތު އަދި ސްޕޯޓްސް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ރާފީއު އައްޔަންކުރައްވައިފި

ޔޫތު އަދި ސްޕޯޓްސް މިނިސްޓަރަކަށް ރާފިއު އައްޔަނުކުރައްވައިފި

58 ދުވަސް ކުރިން - 19:51

ޔޫތް މިނިސްޓަރު އަސްވާޑު އިސްތިއުފާ ދެއްވައިފި

ޔޫތް މިނިސްޓަރު އަސްވާޑު އިސްތިއުފާ ދެއްވައިފި

58 ދުވަސް ކުރިން - 13:29

މަޖިލީހުން ޒުވާނުންނަށް ހާއްސަ ފުރުސަތުތަކެއް ދޭން ނިންމުމާ ގުޅިގެން އުފާފާޅުކުރުމަށް ބާބަކިއުއެއް ބާއްވަނީ

ޒުވާނުންނަށް މަޖިލީހުން ފުރުސަތުދޭން ނިންމުމުން ހާއްސަ ހަރަކާތެއް

78 ދުވަސް ކުރިން - 21:17

ޔޫތު މިނިސްޓްރީއިން ޒުވާނުންނަށް ހާއްސަކޮށް ފޯރިގަދަ "ޔޫތު އޯޕަން ޑޭ" އެއް ބާއްވަނީ

ޔޫތު މިނިސްޓްރީއިން "ޔޫތު އޯޕަން ޑޭ" ބާއްވަނީ

135 ދުވަސް ކުރިން - 19:25

ޝަރުތު ހަމަވި 40 މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

ޝަރުތު ހަމަވި 40މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

148 ދުވަސް ކުރިން - 20:18

ޝަރުތު ހަމަވި 40 މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

ޝަރުތު ހަމަވި 40މީޑިއާ އަކަށް ފައިސާ ހަވާލުކޮށްފި

148 ދުވަސް ކުރިން - 20:18