ޔޫތް މިނިސްޓަރުގެ މަގާމުން އިބްރާހިމް ވަހީދު (އަސްވާޑު) އިސްތިއުފާ ދެއްވައިފިއެވެ.
އަސްވާޑު އިސްތިއުފާދެއްވިކަން ޚުލާސާ އަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް އަދި ކަށަވަރެއް ނޫނެވެ.
އަސްވާޑުގެ އިތުރުން ކެބިނެޓުގެ ހަ މިނިސްޓަރަކުވެސް ކުއްލި ގޮތަކަށް މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެ ބޭފުޅުންނަކީ:
- ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
- ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން
- ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް
- ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
- ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް
- އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ









