ފޭކް ސްލިޕް ބޭނުންކޮށްގެން މުދާ ގަތް މައްސަލަ: 80،000ރ އަށްވުރެ ގިނަ ފައިސާ ފުލުހުން ހޯދައިފި

އާނާ ފަހީމް | 4 ގަޑިއިރު ކުރިން - 14 ޖުލައި 2025 12:27
ސައްހަ ނޫން ބޭންކު ޓްރާންސްފަރ ސްލިޕްތައް ބޭނުންކޮށްގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކުރެވުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 30 އަހަރުގެ އަފް
ސައްހަ ނޫން ބޭންކު ޓްރާންސްފަރ ސްލިޕްތައް ބޭނުންކޮށްގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލައިގައި ހައްޔަރުކުރެވުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 30 އަހަރުގެ އަފް
ޚުލާސާ

ސައްހަ ނޫން ބޭންކު ޓްރާންސްފަރ ސްލިޕް ފޮނުވައިގެން، މަކަރާއި ހީލަތުން މުދާ ގަނެ، ފައިސާ ގެއްލުނު މައްސަލަތަކުގައި ގެއްލުނު 80،000ރ އަށްވުރެ ގިނަ ފައިސާ ފުލުހުން ހޯދައިފި.

ސައްހަ ނޫން ބޭންކު ޓްރާންސްފާ ސްލިޕްތައް ބޭނުންކޮށްގެން އެކި ފިހާރަތަކުން ވިޔަފާރިކޮށް، މަކަރާއި ހީލަތުން މުދާ ހޯދައިގެން ގެއްލުންވި 80،000ރ އަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، މި ފައިސާއަކީ މަކަރާއި ހީލަތުން އެކި ފިހާރަތަކަށް ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެ ފިހާރަތަކުން ނަގާފައިވާ މުދަލަށްވާ ފައިސާ އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގެ ތަހުގީގުގައި، އިތުރަށް ބެލިބެލުމުން ހުޅުމާލެއާއި މާލެ ހިމެނޭގޮތަށް އެކި ފިހާރަތަކުށް، ބޭންކު ޓްރާންސްފާ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ.

މައްސަލައިގެ ތަހުގީގަށް ފުލުހުން ބެލި ސީސީޓީވީ ފުޓޭޖުން ވަނީ މައްސަލައިގައި ތުހުމަތުކުރެވޭ ޒައިދާން މުހައްމަދު ހާޝިމް ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ފެނިފަ އެވެ. އަދި ފުލުހުން އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި އެތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައާ ގުޅިގެން ޒައިދާން މުހައްމަދު ހާޝިމް އާއި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ 30 އަހަރުގެ އަފްރިން އަކްތަރު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މައްސަލައިގެ ތަހުގީގަށް މި ދެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ ދެ މީހުން ވެސް ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައި ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%