Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެކްސިޑެންޓުގައި މަރުވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު

އެކްސިޑެންޓުގައި މަރުވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު

އާނާ ފަހީމް
330 ދުވަސް ކުރިން - 13 ޖުލައި 2025 22:56
ތޭރަވާއާއި އަޝްފާ، ދަރިފުޅު އަލްސަންއާއިއެކު
ތޭރަވާއާއި އަޝްފާ، ދަރިފުޅު އަލްސަންއާއިއެކު
ޚުލާސާ

ޒިބްރާ ކްރޮސްއިން ހުރަސްކުރި މީހެއްގެ ގައިގައި ބާރު ސްޕީޑުގައި އައި ސައިކަލެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި، މަރުވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ތޭރަވާއަދި އަޝްފާގެ ދަރިފުޅު.

މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިފުޅު، 17 އަހަރުގެ އަލްސަން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ. މި ހިތާމަވެރި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 08:10 ހާއިރު ބޮޑުތަކުރުފާނު މަގު ބަސް ޓާމިނަލް ކައިރީ ޒިބްރާ ކްރޮސްއެއްގަ އެވެ.

މޯސްމީޑިއާގައި އާންމުވަމުންދާ ވިޑިއޯއިން ދައްކާގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ޒިބްރާ ކްރޮސްއިން މީހަކު ހުރަސް ކުރަނިކޮށް ބާރު ސްޕީޑުގައި އައި ސައިކަލެއް އެމީހާގެ ގައިގައި ޖެހިގެންނެވެ. ސައިކަލުގެ ދުވެލި ބާރުކަމުން މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހުމަށްފަހު، އެމީހާއާއެކު ސައިކަލު އެރުނީ ކައިރިން ދުއްވަމުންދިޔަ ޕިކަޕަކަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި އަލްސަން އިނީ އެކްސިޑެންޓުވި ސައިކަލުގަ އެވެ.

Advertisement

Advertisement 1

މި އެކްސިޑެންޓުގައި އަލްސަންގެ އިތުރުން އިތުރު ދެ މީހަކު ވެސް ވަނީ ޒަހަމްވެފައެވެ. އެއީ އުމުރުން 16 އަހަރުގެ ކުއްޖަކާއި އުމުރުން 40 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ ޒަހަމްވި 16 އަހަރުގެ ކުއްޖާ ވެސް އިނީ އެކްސިޑެންޓްވި ސައިކަލުގައި ކަމަށެވެ. ދުއްވަން އިނީ އަލްސަންކަމެއް އަދި ޔަގީނެއް ނޫނެވެ.

ފުލުހުން ވަނީ މިރޭގެ އެކްސިޑެންޓުގައި އުމުރުން 17 އަހަރުގެ ކުއްޖެއް މަރުވިކަން ކަށަވަރުކޮށްދީފަ އެވެ. އަދި އެކްސިޑެންޓުގައި ހިމެނޭ އަނެއް ދެ މީހުންގެ ހާލު ވެސް ސީރިއަސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

އެކްސިޑެންޓް
Ad
Ad

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އިއްބެ

329 ދުވަސް ކުރިން - 17:58

މިކަމާއި ގުޅިގެން ނަމަވެސް ލަވަ ކިޔުން ހުއްޓާނެ ނަމަ ކިހާ ރަނގަޅު. މައްޔިތާގެ ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވާދޭނވެ.

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

8 ގަޑިއިރު ކުރިން - 17:20

ލޯންޗު އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް!

ލޯންޗު އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް!

7 ދުވަސް ކުރިން - 09:28

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

7 ދުވަސް ކުރިން - 01:55

އަޕްޑޭޓް: ބެންކޮކް އެކްސިޑެންޓުގައި 25 މީހަކަށް ފަރުވާދެނީ

އަޕްޑޭޓް: ބެންކޮކް އެކްސިޑެންޓުގައި 25 މީހަކަށް ފަރުވާދެނީ

23 ދުވަސް ކުރިން - 17:27

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

26 ދުވަސް ކުރިން - 23:18

ސިނަމާލެ ބްރިޖު މަތިން ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ފުރޮޅާލައިފި

ކުނި ބަރުކޮށްގެން ދިޔަ ޕިކަޕެއް ބުރިޖުމަތިން ފުރޮޅާލައިފި

101 ދުވަސް ކުރިން - 13:45